Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 08:07
ވީ ނިއުސްގެ ރިފާއު: ފުލުހަށް ވަނީ ހާޒިރުކޮށްފައި
ވީ ނިއުސްގެ ރިފާއު: ފުލުހަށް ވަނީ ހާޒިރުކޮށްފައި
ރާއްޖެއެމްވީ
ރިފާއު ޕޮލިހަށް
ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި
ރިފާއު ހާޒިރުކުރީ އާޒިމް ހައްޔަރު ކުރި ޚަބަރުގެ ސުރުޚީ ލިޔުނު ގޮތަކުން
ރިފާއު ވަނީ ފުލުހުންނަށް ބަޔާން ދީފައި

ވީމިޑީއާ ގުރޫޕުގެ ދަށުން ހިންގާ ވީނިއުސްގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ހޮނިހިރު ދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުސް އޮފީހުގައި އެއްގަޑިއިރަށްވުރެ ގިނައިރު ހޭދަކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިފާއުގެ ގާނޫނީ ވަކީލު ނަދީމް އިބްރާހިމް ވިދާޅުވީ ރިފާއު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ (ހ)ގެ ދަށުން ތުހުމަތު ކުރެވޭ ކުށެއްގެ މައްސަލައިގައި ކަމަށެވެ.

ނަދީމް ވިދާޅުވީ ރިފާއު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތަށް ވާހަކަ ދެއްކުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހައްޔަރުކުރުމާއި ގުޅިގެން ލިޔުނު ހަބަރެއްގެ ސުރުހީ ލިޔެފައިވަނީ ކޯޓު އަމުރުގައި ބުނާ އެއްޗެއް އާންމުންނަށް އޮޅޭފަދަ ގޮތަކަށް ކަމަށް ބުނެ ކަމަށެވެ.

ރިފާއު ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ފުލުހަށް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން ދީފައިވާ ބަޔާނުގައި ފުލުހުން މައްސަލަ ޖައްސާ ހަބަރުގެ ސުރުހީ ލިޔުނީ ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރިފާއު ވިދާޅުވީ ވީމީޑިއާގެ ޕޮލިސީގައި އެއްވެސް އިރެއްގައި ދައުލަތުގެ މުއައްސަސާއަކުން ނެރޭ ލިޔުމެއް، އަމުރެއް އަދި ރައްޔިތުން އަމަލު ކުރަންޖެހޭ ގާނޫނެއް، ގަވައިދެއް ނުވަތަ އުސޫލެއްވިޔަސް އޮޅޭގޮތަށް ހަބަރާއި މައުލޫމާތު ފެތުރުން ނޯންނާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތު ފެތުރުމަށް ވީމީޑިއާގެ މެނޭޖްމަންޓުން އެއްވެސް އިރެއްގައި އިރުޝާދު ދެއްވާފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވީމީޑިއާގެ ވަސީލަތްތަކުން ރައްޔިތުންނަށް ގެނެސްދޭ ހަބަރާއި މައުލޫމާތުތަކަކީ ތެދު ހަގީގީ މައުލޫމާތު ތަކެއްކަން ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށްވެސް ރިފާއު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް