Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 04:22
ހާބަރު ސަރަހައްދުގެ ކެފޭތަށް ވެސް ވަނީ ހައުސިންގް މިނިސްޓްރީ ބަންދުކޮށްފައި
ހާބަރު ސަރަހައްދުގެ ކެފޭތަށް ވެސް ވަނީ ހައުސިންގް މިނިސްޓްރީ ބަންދުކޮށްފައި
ގޫގުލް
ހައުސިންގް މިނިސްޓްރީ
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި
ކެފޭ ބަންދުކުރީ ގާނޫނީ މައްސަލަތަކެއް ހުރުމުން
އާމުންނަން ނުވަދެވޭ ގޮތަށް ވަނީ ޓޭޕް ދަމާފައި

ކާނިވަލްގައި ހިންގާ ޗިލެކްސް ކެފޭ  ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އެ ކެފޭ ބަންދު ކުރީ ހައުސިން މިނިސްޓްރީން އެތަން ހުސްކުރަން މަސައްކަތް ކުރާތީ އެމިނިސްޓްރީގެ އެދުމަކަށް ކަމަށެވެ. ފުލުހުން އެ ކެފޭ ބަންދުކޮށް އާންމުންނަން ނުވަދެވޭ ގޮތަށް ޓޭޕް ދަމާފައި ވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ޗިލެކްސް ކެފޭން ބުނީ ހައުސިން މިނިސްޓްރީއާއި އެކު އެތަން ހިންގުމަށް އެގްރިމެންޓެއް ހެދިފައިވާއިރު، އެ އެގްރިމެންޓްގައި ބަޔާން ކޮށްފައިވާ ކަމެއް މެދުވެރި ނުވަނީސް އެތަން ބަންދު ނުކުރެވޭނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗިލެކްސް ބަންދުކޮށްފައި ވަނީ އެކެފޭ ކުރިން ހިންގި ފަރާތުން ހައުސިންގް މިނިސްޓްރީއާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލާއިގައި އެކެފޭގެ ހިންގުން އަލުން ހަވާލުކުރުމަށް މައްސަލަ ނިންމުމުންނެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ހައުސިންގް މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ހައުސިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެފޭ ބަންދުކުރީ ގަނޫނީ މައްސަލަތަކެއް ހުރުމުން، ކެފޭ ހިންގާ ސަރަހައްދު ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީއެވެ.

ޗިލެކްސް ކެފޭ ވަށައިގެން ޓޭޕްދަމައި، މިހާރު އެކެފޭއަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް