ކ. މާލެ
|
25 މެއި 2022 | ބުދަ 07:31
ކޯޗުން ހޮވި އެންމެ މޮޅު ކޯޗު ކްލޮޕް: ފޮޓޯ-ލިވަޕޫލް
ކޯޗުން ހޮވި އެންމެ މޮޅު ކޯޗު ކްލޮޕް: ފޮޓޯ-ލިވަޕޫލް
ކޯޗުން ހޮވި އެންމެ މޮޅު ކޯޗަކަށް ކްލޮޕް
އެންމެ މޮޅު ކޯޗަކަށް ކްލޮޕް
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވާދަކުރި

ލީގުގެ ކޯޗުންގެ އެންމެ މޮޅު ކޯޗަކަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ހޮވައިފިއެވެ. ލީގު މެނޭޖަރސް އެސޯސިއޭޝަންގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ އިތުރުން ކްލޮޕްއަކީ ޕްރިމިއަރ ލީގުގެވެސް އެންމެ މޮޅު ކޯޗެވެ.

ޕޮއިންޓެއްގެ ފަރަޤަކާއެކު ލީގު ޗެމްޕިއަންކަން ގެއްލުނު ނަމަވެސް އެކި ޑިވިޝަންތަކުގެ ކޯޗުންގެ ނަޒަރުގައި އެންމެ މޮޅު ކޯޗަކީ ޖަރުމަނުގެ ކްލޮޕްއެވެ. 54 އަހަރުގެ ކްލޮޕްއަށް ސީޒަންގައި އަދި ޗެމްޕިއަންސްލީގުގެ ފައިނަލް އެބައޮތެވެ. ކްލޮޕް ވަނީ ލިވަޕޫލަށް ލީގު ކަޕާއި, އެފްއޭކަޕް ހޯދައިދީފައެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑަށް ކްލޮޕާ ވާދަކުރި ކޯޗުންނަކީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އާއި, ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރާންކްއާއި, ނިއުކާސަލްގެ އެޑީއާއި, ކްރިސްޓަލް ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާއާއެވެ.

އެވޯޑް ލިބުމުން ކޯޗު ބުނީ މިފަދަ އެވޯޑްތަކުން އެނގެނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭކަންކަމަށެވެ. އަދި މިއެވޯޑްގައި އޭނާގެ ކޯޗިންގ ޓީމް ޝާމިލްކުރާކަމަށެވެ.

- ކޮމެންޓް