ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 03:16
ފުވައްމުލަކު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު
ފުވައްމުލަކު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު
ރާއްޖެއެމްވީ
ފަލަސުރުހީ
ފުވައްމުލަކަށް ސަރުކާރުގެ ތަސައްވުރެއް ނެތް، ރައްޔިތުން ތިބީ އޮޅުމެއްގެ ތެރޭގައި: މޭޔަރ ފަހާލް
ސަރުކާރަށް ފުވައްމުލަކުގެ ރައްޔިތުންގެ އުންމީދުތައް ސާފެއް ނުވޭ
ކައުންސިލްތަކަށް އުވާލުމުން 80 މުވައްޒިފުން ވަޒީފާއިން ވަކިވާން ޖެހިދާނެ
ސިޓީ ކައުންސިލް ހިންގާނެ އޮނިގަނޑު ތަރުތީބް ކުރަންޖެހޭ

ފުވައްމުލަކު ތަރައްޤީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ތަސައްވަރެއް ނެތި ސިޓީއެއްގެ ދަރަޖަ ދިނުމުން ރައްޔިތުން ތިބީ އޮޅުންއަރާފައި ކަމަށް އެ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.


ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަން ފުވައްމުލަކު ރައްޔިތުންގެ އުންމީދުތައް ސާފުނުވާ ކަމަށެވެ. ސަރުކާރުގެ ތަސައްވަރެއް ނެތި ސިޓީއެއްގެ ދަރަޖަ ދިންކަމުގައި ވިޔަސް ތަރައްޤީ ނުވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

 

ފުވައްމުލަކަށް ދިމާވަފައިވާ ރަށް ގިރުމުގެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ބޭނުންވާކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ އެރަށުގެ ރައްޔިތުން އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާ އެރަށުގައި ކުރިއަރާ ރަނގަޅު އާންމު ދަނީއެއް ލިބޭނެ ދުވަހަކަށް ކަމަށެވެ.

 

ލާމަރުކަޒީ ގާނޫނަން ސަރުކާރުން އިސްލާހް ގެނެސް ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމުން މިއަދު އެ ސިޓީގެ ތަރައްޤީއަށް ރަށު ފެންވަރުގައި ކަންކަން ކުރުމަށް ވެސް ގޮންޖެހުންތަކާއި ކުރިމަތިވާކަން ފަލާހް ފާހަގަކުރިއެވެ. މިއަދު ފުވައްމުލަކު ސިޓީއަކަށް ބަދަލުކުރި ނަމަވެސް ސީޓީ ކައުންސިލުން މަސައްކަތަށް ބައްޓަން ކުރަންވީ ކޮންގޮތަކަށް ކަމެއް ވެސް ސާފެއް ނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

 

މިސާލު ޖައްސަވާ ވަހާކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކައުންސިލްގެ ބާރުތައް ހަނިކޮށް ހައުސިންގް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ކޮންކަހަލަ މަސައްކަތަކެއްތޯ ވެސް ސާފުނުވާ ކަމަށެވެ. އެސީޓީގެ މަގުތަކުގައި ޖަހާފައިވާ ހޮޅި ބައްތިތައް ބެލެހެއްޓުން ފަދަ ކަންކަން މިހާރު ހަވާލުކޮށްފައި ވަނީ ކޮން މުއައްސަސާއަކާ ކަން ވެސް ސާފުނުވާކަން ފާހަގަކުރައްވަމުން ފާލާހް ވިދާޅުވީ މިފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށެވެ.

 

ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެން ވަނީ އެހެން ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ކަނޑައަޅައި ފުވައްމުލަކު ސިޓީގެ ބާރުތައްވެސް ރައީސް އަބްދުﷲ ޔާމީން ހަނިކުރައްވާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ. އެހެންކަމުން ފަލާހް ވަނީ ކައުންސިލްގެ މިހާރުގެ ޒިންމާ އަކީ ކޮބާއިތޯ ސުވާލު އުފައްދާފައެވެ. މިހާރުން މިހާރަށް އެކައުންސިލަށް ކުރެވެން ހުރި މަސައްކަތަކީ ވިހާ މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހުއްޓުން ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

 

ފަލާހް ވިދާޅުވީ ފުވައްމުލަކަށް ސިޓީއަކަށް ހަމަޖެއްސުމާއެކު ، ސިޓީ ކައުންސިލް ހިންގާނެ އޮނިގަނޑު ތަރުތީބް ކުރެއްވުމަށް ސަރުކާރަށް ތަކުރާރުކޮށް ދެންނެވިން ކަމަށެވެ. އެހެންނަމަވެސް އިދާރީ ގޮތުން ހިންގުމުގެ އޮނިގަނޑު ހަމަނުޖެއްސުމުން މިއަދު އެ ސިޓީގެ 80 މުއައްސިޒިފުންގެ ވަޒީފާ އާއި މެދު ކަންތައް ވެގެންދާނެ ގޮތް ނޭގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ފަލާހް ވިދާޅުވީ ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލްތައް އުވާލާލައްވައި ކައުންސިލަރުންގެ އަދަދު ކުޑަ ކުރުމާއެކު ކައުންސިލް އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ސިޓީގެ އެހެންމެހާ ރައްޔިތުން ކައުންސިލާއި އެކު އެކަމާއި ކަންބޮޑުވުން ފާޅުކުރުމަށް އޭނާ ގޮވާލިއެވެ.

 

ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ހަނިކޮށްފައިވާ ކަންކަން އަލުން އަނބުރާ ކައުންސިލަށް ދިނުން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

- ކޮމެންޓް