ކ. މާލެ
|
24 މެއި 2022 | އަންގާރަ 18:06
ހިޔާ ފްލެޓް
ހިޔާ ފްލެޓް
ޝިއުނާ ސޯލިހް
ހިޔާ ފްލެޓްތަކުގައި މަސައްކަތްކުރުން
ހިޔާ ފްލެޓްތަކުގައި، އިރުއޮއްސި 6އާ ހެނދުނު 8އާ ދެމެދު، އަޑުގަދަވާކަހަލަ މަސައްކަތެއް ނުކުރެވޭނެ
 
ފްލެޓްތަކުގައި މަސައްކަތްކުރާއިރު އަވައްޓެރި ފްލެޓްތަކަށް ދަތިނުވާނެހެން މަސައްކަތްކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައި
 
ކުރިން އޮންނަނީ ރޭގަނޑު 10ގެ ފަހުން، އަޑުގަދަވާ ޒާތުގެ މަސައްކަތްނުކުރެވޭ ގޮތަށް

ހިޔާ ފްލެޓްތަކުގައި އިރުއޮއްސި 6ން ފެށިގެން ހެނދުނު 8 ޖެހުމާ ހަމައަށް, އަޑުގަދަވާ ކަހަލަ އެއްވެސް މަސައްކަތެއްކުރުމަކީ މަނާކަމެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެކަމާގުޅިގެން އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ފްލެޓްގެ އެތެރޭގެ މަސައްކަތްކުރުމުގެ ގަޑިތަކަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށެވެ. ކުރިން އޮންނަނީ ރޭގަނޑު 10ގެ ފަހުން، އަޑުގަދަވާ ޒާތުގެ މަސައްކަތްނުކުރެވޭ ގޮތަށެވެ.

ފްލެޓްތަކުގައި މަސައްކަތްކުރާއިރު އަވައްޓެރި ފްލެޓްތަކަށް ދަތިނުވާނެހެން މަސައްކަތްކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު އެޗްޑީސީން ހަދަމުން އަންނަ ސަރވޭއިން ދައްކާގޮތުން, 4500ށްވުރެ ގިނަ އާއިލާ މިހާރު ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން މިހާރު 20،000ށްވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެންކަމުން ފްލެޓްތަކަށް މީހުން ބަދަލުވަމުން އަންނަނީ އެމަސައްކަތް ކުރުމަށްފަހުއެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ކުލި ދެއްކުމުގައި ކުރާ އެންމެ ބޮޑު ޝަކުވާއަކީވެސް ތަނުގެ ފިނިޝިންގ މަސައްކަތް އަމިއްލަ ޚަރަދުގައި ކުރަންޖެހިފައި އޮތްއޮތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް