ކ. މާލެ
|
24 މެއި 2022 | އަންގާރަ 17:30
އިސްލާމިކް މިނިސްޓަރާއެކު ތުރުކީއަށް ވަޑައިގަންނަވާ ވަފުދު
އިސްލާމިކް މިނިސްޓަރާއެކު ތުރުކީއަށް ވަޑައިގަންނަވާ ވަފުދު
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރ ތުރުކީއަށް
ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ތުރުކީއަށް
 
ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާނެ
 
މިނިސްޓަރގެ މިދަތުރުފުޅަކީ މެއި މަހުގެ 23ން 30ށް ތުރުކީއަށް ކުރައްވާ ދަތުރުފުޅެއް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ، ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފިއެވެ.

މި ދަތުރު ފުޅުގައި، ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. އަލީ އަރްބާސްއާ ބައްދަލުކުރައްވައި، ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރައްވައި، ތުރުކީގެ ހަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ މެއި މަހުގެ 23ން 30ށް ތުރުކީއަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީގެ މިދަތުރުފުޅުގައި، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު އަލީއާއި، އިސްލާމީ މަރުކަޒުގެ އިމާމު، ޝައިޚް ނަސްރުﷲ އަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް