ކ. މާލެ
|
24 މެއި 2022 | އަންގާރަ 08:02
ޔުނައިޓެޑްގެ އާ ކޯޗު ޓެން ހާގް: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑްގެ އާ ކޯޗު ޓެން ހާގް: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް
އާ ކޯޗު ޔުނައިޓެޑާ ހަވާލުވުން
މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވުމަކީ ރިސްކެއްނޫން- އާ ކޯޗު ޓެން ހާގް
ޔުނައިޓެޑާއެކު ކާމިޔާބު ހޯދޭނެކަމަށް ޓެން ހާގް ދެކޭ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަކީ ނެގި ރިސްކެން ނޫންކަމަށް އެޓީމާ ހަވާލުވި އާ ކޯޗު ޓެން ހާގް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި ތަޢާރަފްކުރުމުން ނޫސްވެރިންނާ ވާހަކަދައްކަމުން ޓެން ހާގް ބުނީ އޭނާގެ ނިންމުމަކީ ރިސްކެއް ކަމަށް ނުދެކޭ ކަމަށާއި, މިއީ ފުރިހަމަ ތާރީޚެއް އޮތް ކްލަބެއްކަމަށެވެ. ދެން އޮތީ ކުރިމަގު ރަނގަޅުކުރުންކަމަށް ޓެން ހާގް ބުންޏެވެ. ނެދަލެންޑްސްގެ ކޯޗު ޓެން ހާގް ޔުނައިޓެޑާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ 2013 ވަނަ އަހަރު ފަގަސަން ކްލަބް ދޫކޮށްލިފަހުން ޔުނައިޓެޑާ ހަވާލުވި ދާއިމީ ފަސް ވަނަ ކޯޗެވެ.

ލީގުގައި ޔުނައިޓެޑް ކުޅުނު ފަހު މެޗަށްފަހު ޓީމާ ރަސްމީކޮށް ހަވާލުވެ ޓެން ހާގް ބުނީ މިހާރު ކުރަމުންދަނީ ޓީމް އެކުލަވާލުމަށްޓަކައި ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. ޕްލޭނަށް މަސައްކަތްކުރަން އޮތީ ކުރު މުއްދަތެއްކަމަށާއި, މަސައްކަތް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ. ޓެ ހާގް ބުނީ އޭނާގެ ޕްލޭންގައި ރޮނަލްޑޯ ހިމެނޭކަމަށެވެ. އަދި ރޮނަލްޑޯގެ ގޯލްތައް ފެންނާނެކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑް ލީގު ނިންމާލީ ހަ ވަނާގައެވެ. އެހެންކަމުން އަންނަ ސީޒަންގައި ފުރުޞަތު ލިބެނީ ޔޫރޮޕާ ލީގުންނެވެ.

- ކޮމެންޓް