ކ. މާލެ
|
23 މެއި 2022 | ހޯމަ 23:24
ބަޔާން މިއުނިކްގެ ކެޕްޓަން މެނުއެލް ނޯޔާ
ބަޔާން މިއުނިކްގެ ކެޕްޓަން މެނުއެލް ނޯޔާ
ފޭސްބުކް
ނޯޔާގެ ކޮންޓްރެކްޓް އައުކުރުން
ނޯޔާގެ ކޮންޓްރެކްޓް އައުކޮށްފި
ނޯޔާ އަންނަނީ 2017 ވަނަ އަހަރުން ފެށިގެން އެޓީމުގެ ކެޕްޓަންކަން ކުރަމުން
ބަޔާންއިން ވަނީ ނޯޔާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އައުކޮށްފައި

ބަޔާން މިއުނިކްގެ އެއް ނަންބަރު ކީޕަރު މެނުއެލް ނޯޔާގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

ބަޔާންއާއެކު ނޯޔާ މީގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ސަމަރ ޓްރާންސްފާ މާކެޓަށް ހަމަވާނެއެވެ. އެހެންކަމުން ބަޔާންއިން ވަނީ އޭނާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އައުކޮށްފައެވެ. މިއާއެކު އޭނާގެ ކޮންޓްރެކްޓް ދެން ހަމަވާނީ މިއަންނަ އަހަރުގެ ޖޫން 30 އަށެވެ.

ނޯޔާ ބަޔާންއަށް ކުޅެން ފެށީ 2011 ވަނަ އަހަރުއެވެ. އުމުރުން 36 އަހަރުގެ ނޯޔާ އަންނަނީ 2017 ވަނަ އަހަރުން ފެށިގެން އެޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ.

ނޯޔާގެ ކޮންޓްރެކްޓް އައު ކުރުމަށްފަހު ބަޔާންގެ ޑިރެކްޓަރ ބުނީ ކުރިއަށް އޮތް ތަނުގައިވެސް ނޯޔާ ޓީމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ޓީމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ނޯޔާގެ ދައުރު ބޮޑުވާނެކަންވެސް އޭނާ ފާހަގަކުރިއެވެ. ނޯޔާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ގޯލްކީޕަރެވެ.

- ކޮމެންޓް