ކ. މާލެ
|
23 މެއި 2022 | ހޯމަ 20:20
ޗެލްސީއަށް ކުޅެމުން އަންނަ މާކޯސް އަލޯންސޯ
ޗެލްސީއަށް ކުޅެމުން އަންނަ މާކޯސް އަލޯންސޯ
މާސާ
ސަމަރ ޓްރާންސްފަރ
އަލޯންސޯ، ޗެލްސީ ދޫކޮށް ބާސެލޯނާއަށް ދާން ބޭނުންވޭ!
އަލޯންސޯ އާއެކު ޗެލްސީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު

ޗެލްސީއަށް ކުޅެމުން އަންނަ މާކޯސް އަލޯންސޯ އެޓީމު ދޫކޮށްލުމަށްފަހު ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޓީމު ދޫކޮށް ބާސެލޯނާއާ ގުޅެން ބޭނުންވާކަން ވަރަށް އަވަހަށް ޗެލްސީއަށް އަންގާނެއެވެ. ބާސެލޯނާއިން އަންނަނީ އަލޯންސޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކަނާއަތު ފަޅިން ފަހަތަށް އަލޯންސޯ ކުޅުވައިގެން އެޓީމުގެ ޑިފެންސް ލައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވިދާނެކަމަށް ބާސެލޯނާއިން ގަބޫލުކުރެއެވެ.

އަލޯންސޯގެ އިތުރުން، ޗެލްސީއަށް ކުޅެމުން އަންނަ ސީޒާ އަޒްޕިލިކުއޭޓާ ހޯދުމަށްވެސް ބާސެލޯނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަޒްޕިލިކުއެޓާއަށް ދެއަހަރުގެ ބާސެލޯނާއިން ބިޑެއް ހުށަހަޅާފައި ވާއިރު، ޗެލްސީން އޭނާ ދޫކުރާނެކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް އަންގާފައެއް ނުވެއެވެ.

އަލޯންސޯ އާއެކު ޗެލްސީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނަށް ވާއިރަށް އަލޯންސޯ ދޫކޮށްލުމަށް ޗެލްސީން ވަނީ ނިންމާފައެވެ. މިއީ އޭނާ ހޯދުމަށް ބާސެލޯނާއަށް ފަސޭހަ ވެގެންދާނެ ކަމެކެވެ. ނަމަވެސް ބާސެލޯނާއަށް އޭނާ ހޯދެން އޮތީ ރަނގަޅު އަގެއް ހުށަހަޅައިގެންނެވެ.

- ކޮމެންޓް