ކ. މާލެ
|
23 މެއި 2022 | ހޯމަ 07:01
އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން
އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން
ޕީޕީއެމް
މަގޭ ރިޕޯޓް
"އިންޑިއާ އައުޓް" އައުޓް ވަނީ...
 
އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ޕީޕީއެމް ތެރޭގައި މައްސަލަތައް ބޮޑުވެ ގިނަ މެމްބަރުންތަކެއް އަންނަނީ އެ ޕާޓީން ވަކިވަމުން
 
ވަކި ބަޔަކު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އޮންނަ އިންތިޚާބުތަކުގައި ކުރިއަރުވަން ޖަހާ "ރޮކެޓެއް"
 
މުޒާހަރާތަކުންވެސް ލީޑަރޝިޕްގެ ބޭފުޅުން މިހާރަކަށް އައިސް ނުފެނޭ

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ދުވަހެއް ދުވަހަކަށް ފުޅާ ކުރާނެ ކަމަށް ގެންދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެކަމަށް ޖާގަ ނުދެއްވާނެކަން ސަރުކާރުން ވަނީ ހާމަކޮށް އެކަމަށް ފިޔަވަޅުވެސް އަޅުއްވާފައެވެ. ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މި ހަރަކާތުގެ ކުރީ ސަފުން ކުރިން ފެނިގެންދިޔަވަރަށް މިހާރު ނުފެނެއެވެ. ބައެއް ބޭފުޅުން ހަމައެކަނި ޓްވީޓަކުން ފުއްދާލާތަން މިހާރަކަށް އައިސް ފެނެއެވެ. މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވުމަށް މަސައްކަތްކުރާ މުޒާހަރާތަކުންވެސް ލީޑަރޝިޕްގެ ބޭފުޅުން މިހާރަކަށް އައިސް ނުފެނެއެވެ. ސުވާލަކީ އިންޑިއާ އައުޓް ހަމަ ރަނގަޅަށްވެސް އައުޓްވަނީތޯއެވެ.

މިހަރަކާތް އިދިކޮޅު ކޯލިޝަނުން ހިންގާތާ 2 އަހަރާ ގާތްވެފައިވާއިރު އެންމެ ގަދައަށް ޓްވީޓް ކުރައްވާ ބައެއް ބޭފުޅުން މި ހަރަކާތުގެ އިސް ސަފުން ނުފެނެއެވެ. އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައި ފޮޓޯއެއްވެސް ނެންގެވިތަން ނުފެނެއެވެ. މީގެތެރެއިން އެއް ބޭފުޅަކީ، މިހާރު ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ކޮންމެ މުޒާހަރާއަކާއެކު ޓްވިޓަރގައި ވަރަށް އެކްޓިވްކޮށް އުޅުއްވައެވެ. އެހެންނަމެވެސް ފަހުގެ ޓްވީޓްތަކަށް ބަލާއިރު މި ހަރަކާތާ ގުޅޭގޮތުން މާބޮޑަށް ވާހަކަދައްކަވާފައިނެތެވެ. އަދި އިންޑިއާ އައުޓް ހޭޝްޓެގްވެސް ބޭނުން ކުރައްވާފައިނެތެވެ. މިކަމުގައިވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެއެވެ. ޑރ.ޖަމީލަކީ އަބަދުވެސް ސޭފް ސައިޑްގައި ހުންނަވާ ބޭފުޅެކެވެ. ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ބަދަލަކާއެކުވެސް އޭގެ ފައިދާ ނަންގަވައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގާނޫނާ ޚިލާފު ހަރަކާތެއް ކަމަށް ކަނޑައަޅައި އެ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މި ހަރަކާތުގެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ގެންދަނީ ހައްޔަރު ކުރަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ އަމިއްލަ އެދުމުން ފުރިފައިވާ ހަރަކާތެއްކަމަށް ބުނެ، ޕީޕީއެމްގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ ބައެއް މީހުން އަންނަނީ އެހަރަކާތުން އައުޓް ވަމުންނެވެ. މުޒާހަރާތަކުގައިިވެސް ކުރީ ސަފުން ފެންނަ ސްޓެޕް އައްޔަ އެ ހަރަކާތާ ދުރަށް ދިޔަކަން އިއުލާން ކުރަމުން ބުނީ، "އިންޑިއާ އައުޓް" ހަރަކާތަކީ މަންޒިލެއް އަދި މިސްރާބެއް ނެތް ހަރަކާތެއްކަމަށެވެ. އަދި ވަކި ބަޔަކު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އޮންނަ އިންތިޚާބުތަކުގައި ކުރިއަރުވަން ޖަހާ "ރޮކެޓެއް" ގޮތުގައި އޭނާ ވަނީ އެ ހަރަކާތް ސިފަކޮށްފައެވެ.

ސްޓެޕް އައްޔަ ބުނީ "އިންޑިއާ އައުޓް" ވާނަމަ މިއަދު އޮންނާނީ އެކަން ކުރެވިފައި ކަމަށާއި، ނަމަވެސް އެއީ އަމިއްލަ އެދުމުން ފޯވެފައި އޮތް ހަރަކާތެއް ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ޕީޕީއެމް ތެރޭގައި މައްސަލަތައް ބޮޑުވެ ގިނަ މެމްބަރުންތަކެއް އަންނަނީ އެ ޕާޓީން ވަކިވަމުންނެވެ. މުޒާހަރާއަށް އާންމު މެމްބަރުން ނެރެ، ޕާޓީގެ އިސް މެމްބަރުން ފިލާ ތިބޭތީ އެކަމާ ބައެއް މެމްބަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިހާރު މި ފެންނަނީ، އެންމެން އެއްވާނަކަށް ހިފާ ކާމިޔާބުކުރަން ބުނި ހަރަކާތް ވިއްސި ވިހާލި ވެގެންދާ މަންޒަރެވެ.

ހަޤީޤަތަކީ، މި ހަރަކާތަކީ ރަނގަޅު ނިޔަތެއްގައި ހިންގާ ހަރަކާތެއް ނޫންކަމެވެ. ވަކި އެދުމެއް އޮވެގެން ކުރާ ކަމެއް ކާމިޔާބެއް ނުވާނެކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ޚާއްސަކޮށް ވަކި ބަޔަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ކުރާ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
50%
25%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!