ކ. މާލެ
|
22 މެއި 2022 | އާދީއްތަ 22:44
މެސީ، ޕީއެސްޖީގެ 39 ނަންބަރު ޖަރޒީގައި
މެސީ، ޕީއެސްޖީގެ 39 ނަންބަރު ޖަރޒީގައި
މާސާ
މެސީގެ ކެރިއަރުގައި ލިބުނު ކާމިޔާބީތައް
39 ނަންބަރު ޖަރޒީގައި މެސީ ފޮޓޯ ނެގީ ކީއްވެ؟
ބާސެލޯނާއާއެކު މެސީ 38 ޓްރޮފީ ހޯދި

ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ، 39 ނަންބަރު ޖަރޒީއެއްގައި އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ފޮޓޯއެއް ލުމާއެކު ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދިއެވެ. މި ސީޒަންގައި ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީ ކުޅެމުން އަންނަނީ 30 ނަންބަރު ޖަރޒީގައެވެ. އެހެންކަމުން 39 ނަންބަރު ޖަރޒީގައި އޭނާގެ ސްޓޯރީއަށް ފޮޓޯ ލުމުން ގިނަ ބަޔަކު ހައިރާންވިއެވެ.

އުމުރުން 34 އަހަރުގެ މެސީ މިފޮޓޯ އޭނާގެ ސްޓޯރީގައި ހިއްސާކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީން ފްރެންޗް ލީގު ނިންމާލިއިރު އެޓީމުން ވަނީ މި ސީޒަންގެ މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ މެސީގެ ކުޅިވަރު ކެރިއަރުގައި އޭނާއަށް ލިބުނު 39 ވަނަ ޓްރޮފީއެވެ.

ކެރިއަރުގެ ބޮޑު ބައެއް ސްޕެއިންގެ ބާސެލޯނާގައި މެސީ ހޭދަކުރިއިރު އޭނާ ވަނީ ބާސެލޯނާއާއެކު 38 ޓްރޮފީ ހޯދާފައެވެ. ޕީއެސްޖީއާއެކު އޭނާއަށް މިހާތަނަށް ލިބުނު ހަމައެކަނި ޓްރޮފީއަކީ ފްރެންޗް ލީގުގެ ޗެމްޕިއަން ޓްރޮފީއެވެ.

މެސީ ހޯދި ކާމިޔާބީތައް

  • ފީފާ ކްލަބް ވޯލްޑް ކަޕް - 3 ފަހަރު (ބާސެލޯނާގައި)
  • ޗެމްޕިއަންސް ލީގު - 4 ފަހަރު (ބާސެލޯނާގައި)
  • ސްޕެނިޝް ލީގު - 10 ފަހަރު (ބާސެލޯނާގައި)
  • ކޮޕަރ ޑެލް ރޭ - 7 ފަހަރު (ބާސެލޯނާގައި)
  • ސްޕެއިންގެ ސުޕަރ ކަޕް - 8 ފަހަރު (ބާސެލޯނާގައި)
  • ޔުއެފާ ސުޕަރ ކަޕް - 3 ފަހަރު (ބާސެލޯނާގައި)
  • ކޮޕަރ އެމެރިކާ - 1 ފަހަރު (އާޖެންޓީނާގައި)
  • އޮލިމްޕިކް ގޯލްޑް މެޑަލް - 1 ފަހަރު (އާޖެންޓީނާގައި)
  • 20 އަހަރުން ދަށުގެ ވޯލްޑް ކަޕް - 1 ފަހަރު (އާޖެންޓީނާގައި)
  • ފްރެންޗް ލީގު - 1 ފަހަރު (ޕީއެސްޖީގައި)
- ކޮމެންޓް