ކ. މާލެ
|
22 މެއި 2022 | އާދީއްތަ 13:26
ޖަރުމަނު ލީގުގެ ފައިނަލު
ޖަރުމަނު ލީގުގެ ފައިނަލު
ބީބީސީ
ޖަރުމަނު ކަޕް
ލައިޕްޒިގް، ފުރަތަމަ ފަހަރަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްފި
2019 އަދި 2021 ވަނަ އަހަރުވެސް ލައިޕްޒިގް މުބާރާތުގެ ފައިނަލަށް ދަތުރުކުރި
ލައިޕްޒިގް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-2 ން ފްރެއިބާގްގެ މައްޗަށް ކުރި ހޯދައިގެން

ފައިނަލް މެޗުގައި އެސްސީ ފްރެއިބާގް ބަލިކޮށް ލައިޕްޒިގް ފުރަތަަމަ ފަހަރަށް ޖަރުމަނު ކަޕުގެ ތަށި އުފުލާލައިފިއެވެ.

ލައިޕްޒިގް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-2 ން ފްރެއިބާގްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ލައިޕްޒިގްއަށް ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރަތަމަ ތަށްޓެވެ.

ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފްރެއިބާގުންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މެކްސިމިލިއަން އެގެސްޓެއިންއެވެ. ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ތަފާތުން ފްރެއިބާގް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ލައިބްޒިގްގެ ކްރިސްޓޮފާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ދެވަނަ ހާފުގައި ލައިޕްޒިގްގެ މާސެލްއަށް ރަތް ކާޑު ދެއްކުމުން އެޓީމު ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއްް ނުޖެހުނެވެ. އިތުރު ވަގުތުގެ ތެރޭގައި ލައިޕްޒިގްގެ ކެވިންއަށް ރަތްކާޑު ދެއްކުމާއެކު ކުޅުންތެރިންގެ އަދަދު ނުވައަކަށް މަދުވިއެވެ.

ޕެނަލްޓީގައި ލައިޕްޒިގް މޮޅުވީ 4-2ންނެވެ. މީގެ ކުރިން 2019 އަދި 2021 ވަނަ އަހަރުވެސް ލައިޕްޒިގް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް މުބާރާތް ކާމިޔާބު ކުރެވޭ ގޮތް ނުވީއެވެ.

- ކޮމެންޓް