ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 21:55
އެމްބާޕޭ އާއި އޭނާގެ މަންމަ ފައިޒާ
އެމްބާޕޭ އާއި އޭނާގެ މަންމަ ފައިޒާ
މާސާ
އެމްބާޕޭގެ ކޮންޓްރެކްޓް އައުކުރަން ނިންމުން
ރެއާލްއާއެކު އެއްވެސް އިރަކު އެމްބާޕޭ އެއްބަސްވުމެއް ނުހަދާ: އެމްބާޕޭގެ މަންމަ
 
އެމްބާޕޭގެ ނިންމުމަށް ފެޑެރިކް ހާމަލް ވަނީ ފާޑުކިޔާފައި

ސްޕެއިންގެ ރެއާލް މެޑްރިޑާއެކު އެމްބާޕޭ އެއްވެސް އިރަކު އެއްބަސްވުމެއް ހަދާފައި ނުވާކަމަށް އޭނާގެ މަންމަ ފައިޒާ ލަމޭރޯ ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް އައު ނުކުރުމާއި، ރެއާލްއިން އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމުން ގިނަ ބަޔަކު ގަބޫލުކުރީ އޭނާ ރެއާލްއަށް ބަދަލުވާނެ ކަމަށެވެ. އަދި ރެއާލްއާއެކު އެމްބާޕޭ އެއްބަސްވުންތަކެއް ހެދިކަމަށްވެސް އަޑުތައް ފެތުރުނެވެ.

ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރުމަށް ނިންމާފައެވެ. މިއާއެކު ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން އެމްބާޕޭއަށް ހަމަލާދޭނެކަމަށްވެސް ބައެއް ފަރާތްތަކުން އަންނީ އިންޒާރު ދެމުންނެވެ.

އެމްބާޕޭގެ ނިންމުމާއި ގުޅިގެން ކުރިވަރު ނޫސްވެރިޔާ ފެޑެރިކް ހާމަލް ކުރި ޓްވީޓެއްގައި އޭނާ ބުނީ ފުޓްބޯޅައިގައި ބުނާ ބަހުގެ އިތުބާރު ހުންނަ ކުޅުންތެރިން އުޅޭ ކަމަށެވެ. ނަމަވެސް އެމްބާޕޭ ބުނާ ބަހުގެ އިތުބާރު ނޯންނަކަމަށް ދޭހަވާ މޭރުމުން އޭނާ ވަނީ ވާހަކަދައްކާފައެވެ.

މި ޓްވީޓަށް ރައްދުދެމުން އެމްބާޕޭގެ މަންމަ ބުނީ ކަން ހިނގާދިޔަ ގޮތް ނޭންގޭއިރު ރަނގަޅުވާނީ އެކަމާއި ގުޅިގެން ވާހަކަ ނުދެއްކުން ކަމަށެވެ. އަދި އެމްބާޕޭ އެއްވެސް އިރެއްގައި ރެއާލްއާއެކު އެއްބަސްވުމެއް ހަދާފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް