އައްޑޫ ލިންކް ރޯޑުގައި ދުއްވަމުންދިޔަ ކާރެއްގެ އިންޖީނު ދޮންބޮޑުވެގެން ރޯވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާރުގައި ރޯވީ ހޮނިހިރު ދުވަހުގެ ހެނދުނު ލިންކް ރޯޑުގައި ދުއްވާފައި ދަނިކޮށް ދޮން ބޮޑުވެގެން، ޕާކްކޮށްފައި އޮއްވަ އެވެ. އެހާދިސާގައި އެ ކާރުގެ ކުރީކޮޅަށް ވަރަށްބޮޑަށް ގެންލުންވެފައިވެއެވެ.
އެކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ނެވެ.
އެނގިފައިވާ ގޮތުގައި އެކާރަކީ އައްޑޫގައި ގަރާޖެއް ހިންގަމުންދާ ލަންކާ މީހެއްގެ ކާރެކެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.