ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 17:37
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަހްމަދު މަހްލޫފް
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަހްމަދު މަހްލޫފް
އައިޔޫއެމް
އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ
އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ ފަށައިފި
ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގެންނެވި
މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވާދަކުރޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންއިން ބާއްވާ އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022 ފަށައިފިއެވެ.

އައިޔޫއެމްއެސްޔޫ އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވާދަކުރެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ ޔުނިވަރސިޓީތަކާއި ކޮލެޖު އަދި ހައިސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ހަތް ކޮލެޖެއްގެ އިތުރުން އެއް ހައިސްކޫލް ބައިވެރިވެއެވެ.

މުބާރާތުގައި ބައިވެރިވާ ކޮލެޖުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޔުނިވާސިޓީީގެ ދަރިވަރުންގެ ގުޅުން, ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން, ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަންގެ އިތުރުން މެޕްސް ކޮލެޖު, ކުލިކު ކޮލެޖު, މޯލްޑިވްސް ބިޒްނަސް ސްކޫލު އަދި އެމްއައި ކޮލެޖެވެ. މުބާރާތުގައި ބައިވެރިވި ހައި ސްކޫލަކީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ހުކުރު ދުވަހުގެރޭ މުބާރާތް ފަށާފައިވާއިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތުގެ ފުރަތަމަ ރޭ ކުޅުނީ ދެމެޗެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ވިލާ ކޮލެޖާއި އެމްއެންޔޫގެ ފިރިހެން ޓީމެވެ. މި މެޗު 7-12ން ކާމިޔާބުކުރީ ވިލާ ކޮލެޖުގެ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ އެމްއައި ކޮލެޖާއި އެމްއެންޔޫގެ އަންހެން ޓީމެވެ. މި މެޗު އެމްއެންޔޫއިން ކާމިޔާބުކުރީ 21-1ންނެވެ.

- ކޮމެންޓް