ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 10:18
ސީޒަން ނިމުމުން ބަދަލުވާނީ ޔުވެންޓަސްއަށް - ފޮޓޯ-ޕީއެސްޖީ
ސީޒަން ނިމުމުން ބަދަލުވާނީ ޔުވެންޓަސްއަށް - ފޮޓޯ-ޕީއެސްޖީ
ޑި މާރިއާ ޕީއެސްޖީ ދޫކޮށްލަނީ
ޕީއެސްޖީގައި ޑި މާރިއާގެ ފަހު މެޗު މިރޭ!
 
ޑި މާރިއާ ބަދަލުވާނެކަމަށް ބެލެވެނީ ޔުވެންޓަސްއަށް

އާޖެންޓީނާގެ ވިންގަރ، ޕީއެސްޖީއަށް މިރޭ ފަހު މެޗު ކުޅޭނެއެވެ.

ޑި މާރިއާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށްލަނީ އެކްލަބަށް ހަތް އަހަރު ކުޅުމަށްފަހުއެވެ. 34 އަހަރުގެ ޑި މާރިއާގެ ފަހު މެޗު ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ. މިއީ ލީގުގައި ޕީއެސްޖީގެ ފަހު މެޗެވެ. ޕީއެސްޖީން ބުނީ ޑި މާރިއާއަކީ ޕީއެސްޖީއަށް ފުލް ކޮމިޓްމަންޓް ދިން, ސަޕޯޓަރުން އަބަދުމެ ހަނދާންކުރާނެ ކުޅުންތެރިއެއްކަމަށެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ޑި މާރިއާ ބަދަލުވާނެކަމަށް ބެލެވެނީ އިޓަލީގެ ޔުވެންޓަސްއަށެވެ.

ޑި މާރިއާ ވަނީ ޕީއެސްޖީއާއެކު 18 ތަށި އުފުލާލާފައެވެ. ހަތް އަހަރުގެ ތެރޭގައި 91 ގޯލް އެކްލަބަށް ޖަހައިދިނެވެ. އަދި 111 ގޯލް ޖަހަން ފުރުސަތު ފަހިކޮށްދިނެވެ.

ޑި މާރިއާގެ އިތުރުން އެމްބާއްޕޭގެ ފަހު މެޗަށްވެސް މިރޭގެ މެޗު ވުން ގާތެވެ. ފްރާންސާއެކު 2018 ވަނަ އަހަރުގެ ވަރލްޑްކަޕް އުފުލާލި އެމްބާއްޕޭ ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަސް ވަރަށް ބޮޑަށް ބެލެވެއެވެ. އެކަން އެމްބާއްޕޭ ހާމަކުރާނީ ޕީއެސްޖީއަށް ސީޒަން ނިމުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް