ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 09:04
އަބްރަހަމް 17 ލަނޑަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޯމާ
އަބްރަހަމް 17 ލަނޑަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޯމާ
އަބްރަހަމްގެ ރެކޯޑް
ޓަމީ އަބްރަހަމްއަށް ރެކޯޑެއް!
 
ސެރީ އާގެ އެއް ސީޒަނެއްގައި 17 ގޯލް

އިޓާލިއަން ސެރީ އާގެ އެއް ސީޒަނެއްގައި 17 ގޯލް ޖަހައިގެން ރޯމާގެ ފޯވާޑް ޓަމީ އަބްރަހަމް ރެކޯޑެއް ހަދައިފިއެވެ.

ޗެލްސީ ދޫކޮށް ރޯމާއާ ގުޅުނު ފޯވާޑް ވެފައިވަނީ އިޓަލީގެ ޓޮޕް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާއަށެވެ. ލީގުގައި ރޯމާ ކުޅުނު ފަހު މެޗުގައި ޓޮރީނޯ ކޮޅަށް ޖެހި ދެގޯލާއެކު އަބްރަހަމްގެ ޖުމްލައަކީ 17އެވެ. މިރިކޯޑް ކުރިން އޮންނަނީ އެއް ސީޒަނެއްގައި 16 ލަނޑު ޖެހި ގެރީ ހިޗެންސް އަތުގައެވެ. އެއީ 1961-1962 ވަނަ އަހަރުގެ ސީޒަންގައި 16 ލަނޑު ޖަހައިގެންނެެވެ.

މިއީ އަހަންނަށް ވަރަށް ރަނގަޅު އަހަރެއް. ތައްޓަކާއެކު ސީޒަން ނިންމާލެވޭނެކަމަށް އުއްމީދުކުރަން.
އަބްރަހަމް/ ރޯމާގެ ފޯވާޑް

ޓޮރިނޯ އަތުން ރޯމާ މޮޅުވީ 3-0ންނެވެ. މެޗުގައި އަބްރަހަމް ޖެހި ދެގޯލްގެ ތެރެއިން އެއް ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. ރޯމާގެ ތިންވަނަ ގޯލް ޕެނަލްޓީއަކުން ޖެހީ ޕެލެގްރިނީއެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން، ރޯމާ ސީޒަން ނިންމާލީ ފަސްވަނާގައެވެ. އަންނަ ސީޒަންގައި ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ރޯމާއަށް ލިބޭނެއެވެ. މިސީޒަންގައި ރޯމާއަށް ބާކީ އޮތީ ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތް، ކޮންފެރެންސް ލީގުގެ ފައިނަލް މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް