ކ. މާލެ
|
20 މެއި 2022 | ހުކުރު 21:15
ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
މާސާ
އެމްބާޕޭގެ ކޮންޓްރެކްޓް ހަމަބުން
ޕީއެސްޖީއާ ރެއާލްގެ ހުށަހެޅުން ދާދި އެއްގޮތް
 
އެމްބާޕޭގެ މަންމަ ފައިޒާ ބުނީ ދެޓީމާއެކު މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށް
 
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން 30ށް ހަމަވާނެ

ޕީއެސްޖީއާ ރެއާލް މެޑްރިޑުން ހުށަހަޅާފައިވަނީ ދާދި އެއްގޮތް ހުށަހެޅުންތަކެއް ކަމަށް ކީލިއަން އެމްބާގެ މަންމަ ފައިޒާ ލަމީރީ ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން 30ށް ހަމަވާނެއެވެ. އެހެންކަމުން ޕީއެސްޖީން އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ރެއާލްއިން އަންނަނީ އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްބާޕޭގެ މަންމަ ފައިޒާ ބުނީ ދެޓީމާއެކު މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށާއި، އިތުރު ބައްދަލުވުމެއް ނުބާއްވާނެ ކަމަށެވެ. އަދި ރެއާލްގައި އެމްބާޕޭގެ އިމޭޖް ރައިޓްސް ކޮންޓްރޯލް ކުރެވޭނެ ކަމަށްވެސް ފައިޒާ ބުންޏެވެ. ފައިޒާ ބުނީ މިހާ ހިސާބުން ގޮތް ނިންމާނީ އޭނާގެ ދަރިފުޅު ކަމަށެވެ.

ދެކްލަބުންވެސް އެމްބާޕޭ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެމްބާޕޭ މިހާތަނަށް ވަކި ގޮތެއް ނިންމާ އެކަން ހާމަކޮށްފައެއް ނުވެއެވެ. އެމްބާޕޭގެ ނިންމުން އާންމު ކުރާނީ ފްރެންޗް ލީގުގައި މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ލީގުގައި ކުޅޭ ފަހު މެޗަށް ފަހުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް