ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 15:33
ގޭސްފުޅިތަކެއް: ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައި
ގޭސްފުޅިތަކެއް: ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައި
ރާއްޖެއެމްވީ
އިކޮނޮމިކް މިނިސްޓްރީ
ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
ފެނާއި ގޭސް، މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ދޭތެރޭ  ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއް
އެ ގޮތަށް ނިންމީ އެ ގަޑިތަކަކީ މެންދުރުފަހުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން މަގުމަތި ބޭނުންކުރާ ވަގުތަކަށް ވުމާއެކު އެފަރާތްތަކަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތ

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އެމިނިސްޓްރީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފެނާއި ގޭސް، މެންދުރުފަހު 2:00 އިން ހަވީރު 5:00 އާދޭތެރޭ  ޑެލިވަރީކޮށް އުފުލުމަކީ މަނާ ކަމެއް ކަމަށް އެމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

"ރަމަޟާންމަހުގެ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި، މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަކުރުމުގެ ގޮތުންނާއި މާލޭގެ ޓްރެފިކަށް ލުޔެއްގެނައުމުގެ ގޮތުން، ފެނާއި، ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގައި މަނާ ގަޑިތައް މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. " އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގޮތަށް ނިންމީ އެ ގަޑިތަކަކީ މެންދުރުފަހުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން މަގުމަތި ބޭނުންކުރާ ވަގުތަކަށް ވުމާއެކު އެފަރާތްތަކަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

އެހެންކަމުން  މާލޭގައި ފެނާއި ގޭސް އަދި ގަނޑުކޮށް މުދާ ޑެލިވަރީކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިތަކުގައި ފެނާއި ގޭސް އަދި ގަނޑުކޮށް އުފުލާމުދާ ނުއުފުލުމަށް  ދަންނަވާ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ. 

- ކޮމެންޓް