ކ. މާލެ
|
18 މެއި 2022 | ބުދަ 18:44
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބަރޓް ލެވަންޑޯސްކީ
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބަރޓް ލެވަންޑޯސްކީ
މާސާ
ސަމަރ ޓްރާންސްފަރ
ބާސެލޯނާގެ މެއިން ޓާގެޓަކަށް ލެވަންޑޯސްކީ
މި ސީޒަންގައި ބާސެލޯނާއަށް ޖެހުނީ އެންމެ 86 ލަނޑު

ކުރިއަށް އޮތް ސަމަރ ޓްރާންސްފަރގައި ބާސެލޯނާއިން އެންމެ އިސްކަމެއް ދޭނީ ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީ ހޯދަންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލައެވެ. އެގޮތުން މިއީ 2004/05 ސީޒަނަށްފަހު އެޓީމުން އެންމެ މަދު ލަނޑު ޖަހައިގެން ނިންމާލި ސީޒަންއެވެ. މި ސީޒަންގައި އެޓީމަށް ޖެހުނީ އެންމެ 86 ލަނޑެވެ. އޭގެ ތެރެއިން 68 ލަނޑު ޖަހާފައިވަނީ ސްޕެނިޝް ލީގުގައެވެ. ބާސެލޯނާއަށް މި ސީޒަންގައި އެންމެ ގިނަ ލަނަޑު ޖަހައިދިނީ މެމްފިސް ޑިޕާއީއެވެ. އޭނާ ވަނީ މި ސީޒަންގައި ބާސެލޯނާއަށް 13 ލަނޑު ކާމިޔާބުކޮށްދީފާއެވެ.

ބާސެލޯނާއިން ލެވަންޑޯސްކީ ހޯދުމަށް އެހާ ބޮޑު ސަމާލުކަމެއްދޭ ސަބަބަކީ މިއީއެވެ. މި ސީޒަންގައިވެސް ލެވަންޑޯސްކީ ވަނީ 50 ލަނޑު ޖަހާފައެވެ.

ބާސެލޯނާއިން ލެވަންޑޯސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ލެވަންޑޯސްކީ ވަނީ އިތުރަށް ބަޔާން މިއުނިކްގައި މަޑުކުރަން ބޭނުންނުވާކަމަށް ބުނެފައެވެ. އަދި އޭނާ އެންމެ ބޭނުންވަނީ ބާސެލޯނާއަށް ބަދަލުވާން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް