ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 09:31
ކޮންމެ މީހަކަށްމެ ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވާނެ: ޝިފާޒް
ކޮންމެ މީހަކަށްމެ ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވާނެ: ޝިފާޒް
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތް
ފުލުހުން މިހާރަށްވުރެ ތަހުޒީބުވާން ވެއްޖެ: ޝިފާޒް
ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބޭނެހެން އެއްކަމެއްވެސް ނުކުރެވޭ: ޝިފާޒް
ހައްޔަރުކުރަންވީމަ މުޅިންވެސް ބޭނުންކުރަނީ އިންޓެލިޖެންސް ރިޕޯޓް: ޝިފާޒް
ރައީސް ޔާމީން ކުރައްވާ ކަންކަމުން، އިދިކޮޅު ފަރާތްތަކުގެ އަނގަ ބަންދެއް ނުކުރެވޭނެ: ޝިފާޒް

ދިވެހި ފުލުހުން މިހާރަށްވުރެ ޤާބިލްވެ، ތަހުޒީބުވާންވެއްޖެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ޖަލުން މިނިވަންވުމުގެ އުފާ ފާޅުކުރުމަށް ހުކުރު ދުވަހުގެރޭ އެމްޑީޕީގެ ހަރުގޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން، ޝިފާޒް ވިދާޅުވީ، ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބޭނެހެން، ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި ޤަވާއިދުތައް ބޭނުންކޮށްގެން ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ.

ހައްޔަރު ކުރަންވީމަ މިފެންނަނީ އިންޓެލިޖެންސް ރިޕޯޓެއް. އެ ފެންނަ ރައްޔިތަކު ނޫޅޭ. އޭގަ އޮތް އެއްޗެއްވެސް އެނގޭ ރައްޔިތަކު ނޫޅޭ. ހައްޔަރުގަ ބަހައްޓަން ވީމަ ހެކި ފޮރުވަފާނެތީވެ. ނުފޫޒު ފޯރުވަފާނެތީވެ. މިޔަށްވުރެ ތަހުޒީބުވާން ވެއްޖެ

ޝިފާޒް ވިދާޅުވީ ޜާއްޖޭގައި ޤާނޫނުތަކާއި އުސޫލުތައް އެބަހުރި ކަމަށާ، ޑިމޮކްރެޓިކް ނިޒާމް އަށަގެންނެވުމަށް ސިޔާސީ ލީޑަރުން ކުރައްވާ މަސައްކަތުގައި، ދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ޖަލްސާގައި ޥާހަކަ ދައްކަވަމުން ޝިފާޒް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އަނިޔާއަށާއި ހުދުމުޚުތާރު އުސޫލުތަކަށް އާނއެކޭ ބުނެގެން ގޭގައި ނުތިބޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގެންވީ ހަޤީޤަތަކީ، ކިތަންމެ ވައްކަމެއް ކުރި ކަމުގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދެއްކި ކަމުގައި ވީނަމަވެސް، އަދި ކިތަންމެ ވަރަކަށް އަނިޔާވެރިކަން ކުރިމަތިކުރާ ވާހަކަ އެ ރައްޔިތުންގެ ތެރޭގައި ދެއްކި ކަމުގައި ވީނަމަވެސް، މިކަންކަން ހުއްޓުވިދާނެ ކަމަށް ހީކޮށްފާ، ތި ކުރައްވާ ކަންކަމަކުން މި ކަންކަމެއް ނުހުއްޓުވޭނެކަން. އަޅުގަނޑުމެންގެ ދުލެއް، އަޅުގަނޑުމެންގެ އަނގައެއް ބަންދެއް ނުކުރެވޭނެކަން

ޝިފާޒް އިތުރަށް ވިދާޅުވީ، މިއަދުވެސް ޖަލުގައި އެތައް ޙައްޤުތަކަކުން މަހުރޫމްކޮށްފައި މީހުން ތިބި ކަމަށާ، އޭގެން ކޮންމެ މީހަކަށްމެ ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

- ކޮމެންޓް
10 ޖޫން 2017 | ހޮނިހިރު 08:56
ދިވެހި ނޫސްވެރިންނަށް ވެދުން ސ
އާދާސްކޮށްފައި މިބުނަނީ ސައުދީން ގަތަރާ ގުޅުން ކަނޑާލީ ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ދީ އިޒްރޭއިލް ގުޅުން ނޯމަލްކުރުމަށް ހުރަސްއެޅޭ ހުރިހާ ކަމެއް ނައްތާލުމުގެ ގޮތުން ކަން ފާޅުގައި އެނގޭއިރު އިސްލާމްދީނަށްޓަކާ ދީން ހިމާޔަތްކުރުމަށްޓަކާ އައި ސަރުކާޜު ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް މުސްލިމް ގައުމުތަކާ އިޒްރޭލަށް ފަހި ވާގޮތަށް ގުޅުން ކަނޑަނީ ކީއްވެތޯ އަހާ ލިއެލަ ދީބަލަ. އަދި ސައުދީން ނެރުނު ޓެރަރ ލިސްޓްގައިވެސް ގަތަރުގައި އިންސާނީ އެހީ މިގައުމުތަކަށް ދޭ ޖަމްއިއްޔާތަށް ބްލެކްލިސްޓް ކުރުމާ ޔޫއެންއިންވެސް ދެކޮޅު ހަދާ އެއީ ޔަމަނާ ސީރިއާ އަދި ފަލަސްތީނަށް އިންސާނީ އެހީތައް ދިނުމަށް ޚުދު އެމެރިކާއާ ޔޫރަޕްގެވެސް އެހީދޭ ޖަމާއަތްތަކާ ގުޅިގެން ރެފިއުޖީންނަށް އެހީވާ ޖަމްއިއްޔާތަކެކޭ ކިޔާ ލިއުން ނެރުނު އިރު މިގައުމުގެ ނޫސްވެރިން މިތިބީ އަޅޭ ނިދާފަތަ. ކަލޭމެން 100 ޕަސެންޓް މުސްލިމް ނޫނީތަ؟ ހެޔޮނުވާނެ ފޮރިން މިނިސްޓަރާ ސުވާލު ކޮށްދީބަލަ. ދިވެހިން ސީރިއާ ޔަމެން އަދި ފަލަސްތީނުގައި އެތައް ލާއިންސާނީ އަނިޔާއެއް ތަހައްމަލުކުރާ ރައްޔިތުންނަށް އެހީވާ ގައުމުތަކަށް ދުއްތުރާ ކުރާކަށް ބޭނުމެއްނޫން. ދިވެހިންނަށް އެތަންތަނަށް މާލީ އެހީ ނުވެވޭއިރު މިވަރު އެންމެ ކުޑަމިނުން ކޮށްދެވިދާނެެއެއްނު. ދެން ޔާމީނު ސަރުކާރު އައީ ނަރަކައިން ގޮނޑިއެއް ހޯަދަންތަ؟ މިވެސް ބަލަންޖެހޭ. ދެން ބަހޫލު ސަލަަފު ދީނަށްޓަކައޭ ކިޔާ 2 ކަންހުޅިފިރުމަމުން ސަންސިޔާމް ފަހަތުން ދުވާއިރު މިކަމަށް އެެއްޗެއް ނުބުނުވުނަސް ހައިރާނެއް ނުވޭ. ސަލަފް އަސްލު ސޫރަ ދިވެހިންނަށް ކިތައް ފަހަރު މިހާޜު ފެނިއްޖެ! !