Advertisement
ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 03:58
ރައީސް މުހައްމަދު ނަޝިދު ލަންކާ ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަނީ
ރައީސް މުހައްމަދު ނަޝިދު ލަންކާ ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަނީ
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އެމްޑީޕީގެ އާންމު މެމްބަރުންނާއެކު ރައީސް ނަޝީދު ތަރާވީހެއްގައި ބައިވެރިވަޑައިގެންފި
ތަރާވީސް ބާއްވާފައި ވަނީ ލަންކާގެ ޓެންޓެން ކެފޭގައި
ތަރާވީހުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި

އެމްޑީޕީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ތަރާވީހެއް ބާއްވާފިއެވެ.

 

މި ތަރާވީސް ބޭއްވީ ލަންކާގައި ހުންނަ ޓެން ޓެން ކެފޭގަ އެވެ. ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިނިވަންވުމުން އުފާފާޅުކުރުމަށް ބޭއްވި މި ތާރާވީހުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

 

ތަރީވީހުގައި ބައިވެރި އާންމު ރައްޔިތުންގެ މޫނު މަތިން ފެނިގެންދިޔާއި އުފާވެރިކަމެވެ. 13 އަހަރަށް ޖަލަށް ލާފައިވާ އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުވުމުނެވެ. އެމަނިކުފާނާއި އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުނެވެ.

 

އަންހެނުންނާއި ފިރިހެނުންނާއި އަދި ކުޑަކުދިން މި ތަރާވީހުގައި ބައިވެރިވެފައި ވާއިރު، ރައީސް ނަޝީދު ވަނީ އެފަރާތްތަކާއި ބައްދަލުކޮށްފައެވެ. މި ތަރާވީސް ވެގެންދިޔައީ ލަންކާގައި ދިރިއުޅޭ ދިވެހިންނަން އެމަނިކުފާނާއި ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. 

 

މި ފަހަކަށް އައިސް ރައީސް ނަޝީދު ވަރަށް ގިނައިން ލައްކާ އަށް ވަޑައިގަންނަވަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް