ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 19:55
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ
މާސާ
ވިނީޝިއަސްގެ ކޮންޓްރެކްޓް އައުކުރުން
ރެއާލްގައި 2028އާ ހަމައަށް ވިނީޝިއަސް ބެހެއްޓުމަށް ހުށަހަޅަނީ
ރެއާލްއާއެކު ވިނީޝިއަސް މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އިތުރު ހައަހަރު އެކްލަބުގައި ބެހެއްޓުމަށް ކްލަބުން ބޭނުންވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލްއާއެކު ވިނީޝިއަސް މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް ރެއާލްއިން އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް މަސައްކަތް ކުރަމުން ދަނީ އޭނާގެ ފަރާތުން ފެންނަ މޮޅު ކުޅުމަށް ބަލާފައެވެ. އެގޮތުން 2028 ވަނަ އަހަރާ ހަމައަށް އެ ކްލަބުގައި ވިނީޝިއަސް ބެހެއްޓުމަށް ރެއާލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހައަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓް ހެދުމަށް ރެއާލްއިން ބޭނުންވާއިރު، މި ކޮންޓްރެކްޓާއެކު އޭނާގެ ރިލީޒް ކްލޯސް 350 މިލިއަނާ، އެއް ބިލިއަން ޔޫރޯއާ ދެމެދަށް އަރާނެއެވެ. މުސާރައިގެ ގޮތުގައި ވިނީޝިއަސްއަށް މިހާރު ލިބެނީ 3.2 މިލިއަން ޔޫރޯއެވެ. ބޯނަސްއާއެކު މިއަދަދު ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާނެއެވެ. ނަމަވެސް ރެއާލްއިން މިހާރު ހެދުމަށް މަސައްކަތްކުރާ ކޮންޓްރެކްޓާއެކު ކްލަބުގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ވިނީޝިއަސް ހިމެނޭނެއެވެ. ރެއާލްއިން ވިނީޝިއަސްއަށް ހުށަހަޅަނީ 10 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް