ނ.ހޮޅުދޫގައި ކުރިއަށްގެންދާ ބާފާ ސޮކަރ ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ހެނބަދޫ ޑީޓޫ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ. ހެނބަދޫ ޑީޓޫ ސްޕޯރޓްސް ކްލަބުން ފައިނަލްގެ ޖާގަ ހޯދީ ޕްލޭއޮފް މެޗުގައި ހޮޅުދޫ ދަ ސިޓީ ބަލިކޮށްގެންނެވެ.
ހޮޅުދޫގައި ކުޅެ, ހޮޅުދޫ ދަ ސިޓީގެ މައްޗަށް ހެނބަދޫ ޑީޓޫ ސްޕޯރޓްސް ކްލަބުން ކުރިހޯދީ 3-2 ނެވެ. މެޗުގައި ޑީޓޫ ސްޕޯރޓްސް ކްލަބުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ވަހީދެވެ. އަނެއް ލަނޑުޖެހީ އަހުމަދ ވަހީދެވެ. މެޗުގެ ފުރަތަމަ ހާފް ހެނބަދޫން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައެވެ. ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި ދަ ސިޓީގެ ފުރަތަމަ ލަނޑު ޖެހީ މޫސާ އިބްރާހީމްއެވެ. ހެނބަދޫން ތިން ލަނޑު ޖެހިފަހުން މެޗުގެ އިތުރު ވަގުތުގައި ދަ ސިޓީގެ ދެވަނަ ލަނޑު ޖެހީ ހަސަން ހަލީމްއެވެ.
މުބާރާތުގެ ފައިނަލްގައި ޑީޓޫ ސްޕޯރޓްސް ވާދަކުރާނީ ބޭސް ސިޓީއާއެވެ. ބޭސް ސިޓީ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި މެޗަކުން ބަލިނުވެ, އެއްވަނަ ޓީމްގެ ގޮތުގައެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ. މިއީ ހޮޅޫދޫ ބާފާ ޖަމްއިއްޔާއިން އެރަށުގައި ބާއްވަމުން އަންނަ ބާފާ ސޮކަރ ކަޕްގެ 13 ވަނަ މުބާރާތެވެ.