Advertisement
ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 03:17
ބ ފެހެންދޫ ފަޅުތެރޭގައި އަޅާފައިވާ ބޯޓެއްގައި އަލިފާން ރޯވެ އަނދަމުންދަނީ
ބ ފެހެންދޫ ފަޅުތެރޭގައި އަޅާފައިވާ ބޯޓެއްގައި އަލިފާން ރޯވެ އަނދަމުންދަނީ
-
ފަޅުގައި އަޅާފައިވާ ބޯޓަކާއި ލޯންޗެއްގައި ރޯވުން
ބ.ފެހެންދޫ ފަޅުގައި އަޅާފައިވާ ބޯޓަކާއި ލޯންޗެއްގައި އަލިފާން ރޯވެ އަނދަމުންދަނީ
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
އެވަގުތު 7 ދޯންޏެއް ފަޅުގައި އަޅާފައިވާއިރު އެހުރިހާ ދޯންޏެއްވެސް ރައްކާތެރި ހިސާބަށް ވަނީ ގެންދެވިފައި
ބޯޓުގައި އަލިފާން ރޯވިއިރު އެބޯޓުގައި އެއްވެސް މުދަލެއް ނެތް

ބ ފެހެންދޫ ފަޅުގައި އަޅާފައިވާ ބޯޓަކާއި ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

ބ. ފެހެންދޫން "ރާއްޖެއެމްވީ"އާ ވާހަކަދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ 1:15ހާއިރު ކަމަށެވެ. އެންމެ ފުރަތަމަ ރޯވީ ބޯޓުގައި ކަމަށް އޭނާ ބުންޏެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ބޮޑުވެ ޖެހިގެން އޮތް ލޯންޗުގައި ރޯވެ މި ދެއުޅަނދުވެސް އަނދާ އަޅިއަށްވެފައިވާކަމަށް ހާދިސާ ހިނގިތަނުގައި ހުރި މިމީހާ ބުންޏެވެ. އަލިފާން ރޯވިއިރު ބޯޓުގައިވެސް އަދި ލޯންޗުގައިވެސް އެއްވެސް މީހަކު ނެތްކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް އޭނާ ބުންޏެވެ.

މިބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހެދުމުގެ މަސައްކަތްކުރާ ބަޔެއްގެ "ހަޒާނާ" ނަމަކަށްކިޔާ ބޯޓެއްކަމަށާއި ބޯޓުގައި އަލިފާން ރޯވިއިރު އެބޯޓުގައި އެއްވެސް މުދަލެއް ނެތްކަމަށް އޭނާ ބުންޏެވެ. ފަޅުގައި މިބޯޓު އަޅާފައި އޮންނަތާ ދެމަސްދުވަސްވަރު ވެދާނެކަމަށް އޭނާ ބުންޏެވެ. ބޯޓުގެ ވެރިފަރާތާ ހަވާލާދީ އޭނާ ބުނީ ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުން ދިޔަހިއްކާފައި ދިޔަފަހުން ގަޑިިއިރެއްވެސް ނުވާނެކަމަށް އެމީހުން ބުނެފައިވާކަމަށެވެ.

Advertisement

ބޯޓުގައި ގާތްގަނޑަކަށް 85 ވަރަކަށް ފޫޓް ހުންނާނެކަމަށް އޭނާ ބުންޏެވެ. ބޯޓާ ޖެހިގެން އޮތް ލޯންޗަކީ މީހުން އުފުލުމަށް ބޭނުންކުރާ ގަލްފް ކްރާފްޓްގެ ލޯންޗެއްކަމަށް އޭނާ ބުންޏެވެ. އަލިފާންގަނޑު ރޯވެފައިވާލެއް ބޮޑުކަމުން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކުރުމަށްވުރެ ބޮޑަށް އަވަސްވެގަތީ ފަޅުގައި އަޅާފައި ހުރި އެހެން ދޯނިތައް ރައްކާތެރިތަނަކަށް ގެންދިޔުމަށްކަމަށް އޭނާ ބުންޏެވެ.

އެގޮތުން އެވަގުތު 7 ދޯންޏެއް ފަޅުގައި އަޅާފައިވާކަމަށާއި އެހުރިހާ ދޯންޏެއްވެސް ރައްކާތެރި ހިސާބަކަށް ގެންދެވުނުކަމަށް އޭނާ ބުންޏެވެ. ސަލާމަތްނުކުރެވެނީ ހަމައެކަނި ލޯންޗުކަމަށް އޭނާ ބުންޏެވެ.

ލޯންޗާއި ބޯޓު މިހާރުވެސް އަނދަމުން އަންނަކަމަށް އޭނާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް