ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭ ލޯކަލް މާރުކޭޓުން ތޮއްޑޫގެ ކަރާ ނުލިބި އަދި ކަރާ ތަނޑު ތަކުން ވެސް ކަރާ ހުސްވާނެ ކަމަށްތޮއްޑޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.
ތޮއްޑޫ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ ނޫހު މޫސާ ވިދާޅުވީ، ތޮއްޑޫކަރާ ދަނޑުތަކަށްބަލި ޖެހިދަނޑުތަކާއިކަރާހަލާކުވެފައިވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ދަނޑުވެރިންނަށް ކުރިމަތިވެ ރޯދަ މަހުގެ ފަހު ދިހައިގައި ކަރާ އެއްކޮށް ހުސްވާނެ ކަމަށެވެ.
ތޮއްޑޫގެ ކަރާ ދަނޑުތަކަށް ބަލި ޖެހި، ކަރާ ދަނޑު ހައްދާ 90 ޕަސެންޓް މީހުންނަށް ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްތޮއްޑޫ ކައުންސިލް ކުރިން ބުނެފައި ވެއެވެ.
އެރަށުގެ މީހުން އެބައްޔަށް ކިޔަނީ ތިކި ބަލި ކަމަށާއި މިބަލި ޖެހުމުން ކަރަ އާއިފަތްތަކުގައި ރަތްކުލައިގެ ތިކިތަކެއް ޖަހާ ކަމަށާއި ދެތިން ދުވަހުގެ ތެރޭގައި ކަރާ އެއްކޮށް ހަލާކުވެގެންދާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.
މިއީ ކުރިން ވެސް އުޅޭ ބައްޔެއް ކަމަށާއި އެހެން ނަމަވެސް މިދުވަސްވަރުކުރި ވިއްސާރައާ ގުޅިގެން ގާތްގަނޑަކަށް ހުރިހާ ދަނޑުވެރިންގެ ކަރާ ދަނޑުތަކަށް މިބަލި ފެތުރިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގައި ތޮއްޑޫގެ ދަނޑުވެރިންނަށް ކަރާ ވިއްކާއިގެން މާބޮޑު ފައިދާތަކެއް ނުކުރާނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެ އެވެ.
ތޮއްޑޫ ކައުންސިލުން ބުނީ މީގެ އިތުރުން، ކަރާ ވެޔޮތަކުގައި ފަނި އެޅުމުގެ ސަބަބުންވެސް ތޮއްޑޫއިން ކަރާ ލިބޭ މިންވަރު މަދުވާނެ ކަމަށް ތޮއްޑޫ ކައުންސިލް އިދާރާއިން ބުނެ އެވެ
ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހުކަރާ ކިލޯއެއްގެއަގު، 18 ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައި ހުރި ނަމަވެސް، މިހާރު ކަރާ ކިލޯއެއްގެއަގު އުޅެނީ 15 ރ. އާއި 12 ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ.
ކަރާ ވިއްކާ ބައެއް ފަރާތްތަކުން ބުނީ، ތޮއްޑޫ އިން ގެންނަ ބައެއް ކަރާތަކަށް ބަލި ޖެހިފައިވާވުމުން ގެއްލުންތައް ކުރިމަތިވަމުންދާ ކަށެވެ. ލޯކަލް ކާރުކޭޓުގައި ކަރާގެ އަގު ދަށަށް ދަނީ، ރަށްރަށުން ގެންނަ ކަރާގެ އިތުރުން، އިމްޕޯޓްކުރާ ކަރާގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.
ނޫހު ވިދާޅުވީ ބޮޑު ފަނީގެ އަސަރުކޮށްގެންނާއި މޫސުންގޯސްވުމުގެ ސަބަބުން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކަރާ ދަނޑާއި، ކިއުކަންބާ ދަނޑާއި، ކޮޕީ ފަތް ދަނޑުތަކާއި، ފަޅޯ ދަނޑުތައް ވަނީ ހަލާވެފައެވެ. އެހެންކަމުން މިއީ އެރަށުގެ ދަނޑުވެރިންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނު ފަހަރެއް ކަމަށާއި ދަނޑުތަކަށް ދިމާވެފައިވާ ބޮޑު ފަނީގެ މައްސަލަ ހައްލުކުރެވޭނެ އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫހު ފާހަގަކުރި ގޮތުގައި ދަނޑުވެރިންނަށް ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ނަފާއެއް ލިބެނީ ރޯދަމަހާ ދިމާކޮށް މިހާރު މާރކެޓް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި ސަބަބަކީ ރާއްޖޭގައި ހައްދާ ބާވަތްތައް ހެޔޮ އަގުގައި ރާއްޖެއިން ބޭރުން ގެނެސް ވިއްކަމުންދާ މައްސަލައެވެ. އެހެންކަމުން މާރކެޓަށް ނެރޭ ތަކެއްޗަށް ރަނގަޅު ހަމަ އަގު ނުލިބި ދިޔުމަކީ ދަނޑުވެރިންނަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ނޫހު ވިދާޅުވި އެވެ.
ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާކޮށްފައި ކަމަށާއި އެހެން ނަމަވެސް ދަނޑު ތަކުގައި އަޅާ ބޮޑު ފަނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްއަށްވެސް ނުކުޅެދިފައިވާ ކަމަށް ނޫހު ވަނީ ވިދާޅުވެފައެވެ.