ކ. މާލެ
|
9 މެއި 2022 | ހޯމަ 15:19
މުބާރާތުގެ ގުރުނެގުމުގެ ތެރެއިން
މުބާރާތުގެ ގުރުނެގުމުގެ ތެރެއިން
-
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް
ފެނަކަ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022ގެ ގުރުއަތުލުން ބާއްވައިފި
މުބާރާތް ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ނ. މާޅެންދޫ ބްރާންޗުން އެރަށުގެ މުއައްސަސާތަކަށް ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ. "ފެނަކަ މާޅެންދޫ އިންޓަރ އޮފީސް ފުޓްސަލް ކަޕް 2022" އޮންނާނީ މިމަހުގެ 11 ން 20 އަށެވެ.

ފައިނަލް މެޗާއެކު މުބާރާތުގައި ކުޅޭނީ ޖުމްލަ 8 މެޗެވެ. މުބާރާތުގައި ވާދަކުރަނީ މާޅެންދޫ ކައުންސިލް, ފެނަކަ, މާޅެންދޫ ސްކޫލް, އަދި މާލެންދޫ ޞިއްހީ މަރުކަޒެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ ލީގުބުރެއް ކުޅެ ނިމޭއިރު އެއްވަނަ ހޯދާ ޓީމަށެވެ. ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމް ކުޅޭ ޕްލޭއޮފްއިން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި, ރަނަރަޕް ޓީމަށް ތަށްޓާއި, ފައިސާގެ އިނާމް ދޭނެކަމަށް މާޅެންދޫ ފެނަކަ ބްރާންޗުން މައުލޫމާތުދެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް