ކ. މާލެ
|
8 މެއި 2022 | އާދީއްތަ 23:50
ސީރިއާގެ ރައީސް އިރާންގެ ސުޕްރީމް ލީޑަރާ ބައްދަލު ކުރެއްވުން
ސީރިއާގެ ރައީސް އިރާންގެ ސުޕްރީމް ލީޑަރާ ބައްދަލު ކުރެއްވުން
އަލްޖަޒީރާ
ސީރިއާގެ ރައީސްގެ ތެހެރާން ދަތުރުފުޅު
ސީރިއާގެ ރައީސް އީރާންގެ ސުޕްރީމް ލީޑަރާ ބައްދަލު ކުރައްވައިފި
މިއީ 2011ވަނަ އަހަރު ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން ސީރިއާގެ ރައީސް އިރާނަށް ކުރެއްވި ދެވަނަ ދަތުރުފުޅު
އީރާނާއެކު ގުޅުން ބަދަހި ކުރަން ބޭނުންވާކަމަށް މީގެ ކުރިންވެސް އަސަދު ވަނީ ވިދާޅުވެފައި

ސީރިއާގެ ރައީސް, ބައްޝާރް އަލް-އަސަދު އީރާންގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ސީރިއާގެ ރައީސް ތެހެރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި ބައްދަލުވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަސަދު ވަނީ އީރާންގެ ރައީސް އިބްރާހިމް ރައީސީއާވެސް ބައްދަލު ކުރައްވާފައެވެ.

އީރާނާއެކު ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް އަސަދު ވަނީ ވިދާޅުވެފައެވެ.

"މިއަދު ސީރިއާއަކީ ހަނގުރާމައިގެ ކުރިން އޮތް ސީރިއާއެއް ނޫން. މިހާރު ސީރިއާއަށް އިތުބާރު ކުރެވޭ އަދި އިހުތިރާމް ކުރެވޭވަރު ބޮޑު" ޚާމަނާއީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

"ހަނގުރާމައިގެ ސަބަބުންލިބޭ އުމްރާނީ ގެއްލުންތައް ފޫބެއްދިދާނެ އެހެންނަމަވެސް ގަބޫލްކުރާ ގަބޫލްކުރުންތަކާ ގުޅުން ގޯސްވެއްޖެނަމަ އެކަންކަން ފޫނުބެއްދޭނެ" ޚާމަނާއީގެ ވެބްސައިޓްގައި އަސަދު ވިދާޅުވެފައިވެއެވެ.

ސީރިއާގެ ރައީސް އިރާންގެ ސުޕްރީމް ލީޑަރާ ބައްދަލު ކުރުން

ސަރަހައްދުގެ ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ޚާމަނާއީވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެެ.

މިއީ 2011ވަނަ އަހަރު ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން ސީރިއާގެ ރައީސް އިރާނަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.

- ކޮމެންޓް