ކ. މާލެ
|
8 މެއި 2022 | އާދީއްތަ 23:27
ތުރުކީ ބޯޑަރު ކައިރީގައި ހުރި ކޭމްޕެއްގައި އުޅެމުންދާ ކުޑަ ދެކުދިން
ތުރުކީ ބޯޑަރު ކައިރީގައި ހުރި ކޭމްޕެއްގައި އުޅެމުންދާ ކުޑަ ދެކުދިން
ރޮއިޓާރސް
ސީރިއާ ހަނގުރާމަ
ސީރިއާ ހަނގުރާމައިގައި ބިކަވެފައިވާ 12.3 މިލިއަން ކުޑަކުދިންނަށް އެހީތެރިކަން ބޭނުންވާ ކަމަށް އދން ބުނެފި
ހާލުގައި ޖެހިފައިވާ ކުދިންގެ ތެރެއިން 6.5 މިލިއަން ކުދިން އުޅެމުން އަންނަނީ ސީރިއާގައި
ޔުނިސެފުންވަނީ 20 މިލިއަން ޑޮލަރުގެ ފަންޑެއް ބޭނުންވާކަމަށް ބުނެފައި
ހާލުގައި ޖެހިފައިވާ ސީރިއާގެ ކުޑަކުދިން އެކި ސަރަހައްދުތަކުގައި އެބަތިބި

ސީރިއާ ހަނގުރާމައިގައި ބިކަވެފައިވާ 12.3 މިލިއަން ކުޑަކުދިންނަށް އެހީތެރިކަން ބޭނުންވާ ކަމަށް އދން ބުނެފިއެވެ.

އދން ނެރުނު ބަޔާނެއްގައި ބުނީ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިއާގެ ކުޑަކުދިން އެކި ސަރަހައްދުތަކުގައި ތިބި އިރު އެކުދިންނަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހާލުގައި އެކުދިން އުޅެމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު، އެކަމަށް ހައްލެއް ލިބެން ޖެހޭކަމަށް އދގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހާލުގައި ޖެހިފައިވާ ކުދިންގެ ތެރެއިން 6.5 މިލިއަން ކުދިން އުޅެމުން އަންނަނީ ސީރިއާގައި ކަމަށް ބަޔާނުގައިވެއެވެ.

ސީރިއާގައި ހިނގާ ދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާއިރު، ބައި މިިލިއަނެއްހާ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަށް ފެށީ 2011ވަނަ އަހަރުއެވެ. ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުންވެސް ތަކެތީ އަގު އުފުލި ގިނަ އާއިލާތަކަށް ދެކޮޅު ނުޖެއްސޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި ހުރިހާ ކަމެއްގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަ ކުދިންނަށް ކަމަށް އދން ވަނީ ބުނެފައެވެ. އެކުދިންނަށް އެހީވުމަށް ބޭނުންވާ ފަންޑުގެ ދެބައިކުޅަ އެއްބައިވެސް މި އަހަރު ނުލިބޭކަމަށް ޔުނިސެފުން ބުނެއެވެ. ސީރިއާ ގެ ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް 20 މިލިއަން ޑޮލަރުގެ ފަންޑެއް ބޭނުންވާކަމަށް ޔުނިސެފުންވަނީ ބުނެފައެވެ.

- ކޮމެންޓް