Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 15:55
މަހްލޫފު: އޭނާ ޖަލަށް ލީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ސާބިތުކޮށްފައި
މަހްލޫފު: އޭނާ ޖަލަށް ލީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ސާބިތުކޮށްފައި
މުހައްމަދު ޝަރުހާން
މަހްލޫފް
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު
މަހްލޫފު މިނިވަންކުރީ އާއިލާއަށް ނާންގައި
ވެހިކަލްގައި ގެންދިޔައީ ގެއަށް
މިރޭގެ ޖަލްސާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ

ޖަލަށް ލީ ވެސް އަދި ޖަލުން މިނިވަންކުރީ ވެސް "އުސޫލްތަކާ ހިލާފަށް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޖަލުން މިނިވަންވުމަށް ފަހު، މަހްލޫފު ރާއްޖެއެމްވީއަށް ވިދާޅުވީ ބަންދެއްގައި ހުންނަ މީހަކު މިނިވަންކުރަން ޖެހޭނީ އެ މީހެއްގެ އާއިލާއަށް އެންގުމަށް ފަހު ކަމަށެވެ. ނަމަވެސް، މިިއަދު ކަރެކްޝަނަލް ސާވިސްއިން އަމަލުކުރީ އެ އުސޫލާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިއަދު ހެނދުނު 7:00 ހާއިރު ޖަލުގެ އޮފިސަރުން އޭނާ އަށް ގޮވައި، މިނިވަންކުރަން މާލެ ގެންދާ ވާހަކަ ބުނި ކަމަށެވެ. ނަމަވެސް އާއިލާއަށް އެކަން އަންގާފައެއް ނެތެވެ.

"އެއީ ވެސް އުސޫލާ ހިލާފު ކަމެއް. މިނިވަންކުރާއިރު، އާއިލާ އަށް އަންގަންޖެހޭނެ. ނަމަވެސް އަޅުގަނޑު މާލެ ގެނެސް ވެހިކަލަށް ލައިގެން ގެނެސް ގެއަށް ސީދާ ގެއަށް ގެނައީ،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ގެއަށް ގެންދެވީ ހެނދުނު 8:30 ހާއިރު އެވެ.

މަހްލޫފަށް މަރުހަބާ ކިޔަށް ގެ ތައްޔާރުކޮށްފައި

މަހްލޫފު ވިދާޅުވީ ޖަލުގައި ހޭދަކުރި މި ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ދިން ހިތްވަރާއި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށާއި "އިސްލާހީ މަސައްކަތުގައި ކުރިއަށް ވުރެ ބާރަށް ކުރިއަށް ދާނަން" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމެއް ހުއްޓައެއް ނުލާނަން، ކުރިއަށް ވުރެ ބާރަށް ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

މަހްލޫފު ޖަލަށްލީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުކޮށްފަ އެވެ. ފުރަތަމަ އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މަހްލޫފު ވަނީ ތަންފީޒުކޮށްފަ އެވެ. އޭނާ މިނިވަން ކުރީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް މިއަދަށް ހަމަވުމުންނެވެ.

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ދިޔަ މުއްދަތުގެ ތެރޭގައި، ހަމުގެ މައްސަލައެއްގައި މަހްލޫފު ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާގެ ބެންގަލޫރަށް ވަޑައިގެން ފަރުވާ ހޯއްދަވާފަ އެވެ. ބޭސްފަރުވާއަށް އިންޑިއާގައި ހޭދަކުރެއްވި އެ ދުވަސްތައް ޖަލު ހުކުމުގެ މުއްދަތުގެ ތެރޭގައި ނުގުނައެވެ.

މަހްލޫފުގެ ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔައިރު، ޕެރޯލްގެ ދަށުން މިނިވަން ވުމަށް ވެސް ހުށަހެޅި ނަމަވެސް، ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާފައި އޮއްވަ ޖަލު ހުކުމް ހަމަވި އެވެ. މަހްލޫފު ޖަލުގައި އޮންނެވި އިރު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކުރިއަށް ގެންދެވި އެވެ. 

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މަހްލޫފުގެ ފަރާތުން ހުށަހެޅި މައްސަލަ މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ. ވޯކިން ގްރޫޕުން ނިންމާފައިވަނީ މަހްލޫފު ޖަލަށްލީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފަށް ވާތީ، ވަގުތުން ވަގުތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި މަހްލޫފަށް ގެއްލިގެން ދިޔަ ހައްގުތަކުގެ ބަދަލު ދިނުމަށް ވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އދ. ގެ މި ނިންމުމަށް ދިވެހި ސަރުކާރުން ރައްދެއް ދީފައެއް ނުވެ އެވެ.

މަހްލޫފު މިނިވަންވުމާ ގުޅިގެން އުފާ ފާޅުކުރުމަށް އެމްޔޫއޯއިން އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއިން ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 ޖޫން 2017 | ހުކުރު 12:36
މަރީ
ތިޔަ ޖަލްސާ ބަލާނީ ކިހިނެއް؟ ފ.ބ ން ނޫން ގޮތަކަށް އަހަރެމެންނަކަށް ރާއްޖެ ޓީވީ ނުފެނޭ1. ދިރާގު ޓީވީ ހޯދާނެ ފެންވަރެއް ނެތް، ވަރަށް ީ ީދެރަވެއްޖެ މިރޯދަމަހުގަ ރާއްޖެ ޓީވީ ނުފެންނާތީ އުޅެންޖެހޭ ގެ "ބޮޑު"ކަމުން ޓީވީ ބަހައްޓާނެ ތަންފުކެއް ނުހުރޭ! ދެން ކިހިނެއް ހަދާ