ކ. މާލެ
|
8 މެއި 2022 | އާދީއްތަ 07:03
ހަރަމްފުޅު
ހަރަމްފުޅު
ސައުދީ ގެޒެޓް
މިއަހަރުގެ ހައްޖުގެ އަޅުކަން
ހައްޖަށް ދެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ވިސާގައި އެކަނި
 
ހައްޖަށް ދިޔުމުގެ ހުއްދައަށް އެދި ވަރަށް އަވަހަށް ކަމާބެހޭ ވެބްސައިޓްގައި ހުޅުވާލާނެ
 
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ވިސާ ލިބޭ ފަރާތްތަކަށް އެކަނި

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ވިސާ ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފިއެވެ.

ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން މިކަން ހާމަކުރީ ސައުދީއަށް ދިޔުމަށް ދޫކުރާ ވިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެތޯ ކުރާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އެގޮތުން މިނިސްޓްރީން ބުނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ވިސާ ލިބޭ ފަރާތްތަކަށް އެކަނިކަމަށެވެ. މީގެއިތުރުން ސައުދީގެ ރައްޔިތުންނަށެވެ.

ހައްޖަށް ދިޔުމުގެ ހުއްދައަށް އެދި ވަރަށް އަވަހަށް ކަމާބެހޭ ވެބްސައިޓްގައި ހުޅުވާލާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން އޭޕްރީލް މަހު ބުނެފައިވަނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެވޭ މީހުންގެ އަދަދަކީ 1 މިލިއަންކަމަށެވެ. އަދި ކޮންމެ ޤައުމަކަށްވެސް ދޫކުރާނީ ވަކި އަދަދެއްގެ ކޯޓާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ސައުދީން ބޭރުން ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުންނަށް ވަކި ޤަވާއިދުތަކެއް ވަނީ ހަދާފައެވެ. އެގޮތުން އުމުރުން 65 އަހަރުން މަތި ނުވުމާއި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް