Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 09:17
ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް
މުހައްމަދު ޝަރުހާން
މަހުލޫފް
މަހްލޫފް މިނިވަންވުމާއެކު މިރޭ ހާއްސަ ޖަލްސާއެއް ބާއްވަނީ
ޚާއްޞަ ތަރާވީހެއްވެސް ހުކުރު ދުވަހުގެރޭ އޮންނާނެ
މަހްލޫފްގެ ހުކުމުގެ މުއްދަތު ހަމަވީ ހުކުރު ދުވަހު
މަހްލޫފް ދޫކޮށްލުމަށް އދ ގެ ވާރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއިންވެސް ވަނީ ގޮވާލާފައި

ޖަލުގައި އޮންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް މިނިވަންވުމާއެކު ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

 

އެމްޑީޕީ ސެކްރެޓޭރިއަޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޔޫއޯގެ ސްޕޯކްސް ޕާރސަން އަހުމަދު މަހްލޫފް މިނިވަން ވުމާ ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއަކާއި ތަރާވީހަކަށް ދައުވަތު އަރުވާ ކަމަށެވެ. މި ޖަލްސާ ބާއްވާނީ މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ 9:45 ގައި އެމްޑީޕީ ހަރުގޭގައެވެ.

 

މިއަދު މަހްލޫފަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒްކޮށް ނިމި މިނިވަންވި ދުވަހެވެ.

 

މަހްލޫފަށް ކޮށްފައިވާ ހުކުމްގެ މުއްދަތު ހުކުރު ދުވަހަށް ހަމަވާއިރު މަޚްލޫފް ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް އދ. ގެ ވާރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

 

މަޚްލޫފު ޖަލަށްލި މައްސަލަ އދ. ގެ ވާރކިންގ ގްރޫޕަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

 

މަޚްލޫފު ދޫކޮށްލުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަޚްލޫފަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އދ. ވާރކިންގ ގްރޫޕުން ވަނީ ގޮވާލާފައެވެ.

 

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަޚްލޫފްގެ މައްޗަށް ސާބިތުކޮށް އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 6 މަސްދުވަހުގެ ޖަލުކުކުމެކެވެ .މަޚްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައެވެ. އަދި މި މައްސަލަ މަޚްލޫފްގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުން މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށާފައިވަނީ 6 މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ 4 މަސް ވީފަހުންނެވެ. އަދި އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. 

 

މަޚްލޫފް މިހާރު ތަންފީޒް ކުރައްވަމުން އެ ގެންދަވަނީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް