ކ. މާލެ
|
4 މެއި 2022 | ބުދަ 23:29
ޗެލްސީ ގަތުމަށް ބިޑު ހުށަހެޅީ މުއްދަތު ހަމަވިފަހުން
ޗެލްސީ ގަތުމަށް ބިޑު ހުށަހެޅީ މުއްދަތު ހަމަވިފަހުން
ބީބީސީ
ޗެލްސީ ގަތުމަށް ބިޑުކުރުން
ޗެލްސީ ގަތުމަށް ކުރި ބިޑު ރިޖެކްޓުކޮށްފި
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އޭނާ ޗެލްސީ ގަތުމަށް ބިޑު ކޮށްފައިވަނީ މިދިޔަ މާރިޗު 18 ގައި މުއްދަތު ހަމަވި ފަހުން

އިނގިރޭސި ފުޓުބޯޅަ ކުލަބް ޗެލްސީ ގަތުމަށް ބިލިއަނަރު ސަރ ޖިމް ރެޓްކްލިފް ކުރި ބިޑު ރިޖެކްޓުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އޭނާ ޗެލްސީ ގަތުމަށް ބިޑުކޮށްފައިވަނީ މިދިޔަ މާރިޗު 18 ގައި މުއްދަތު ހަމަވި ފަހުންނެވެ. އަދި އޭނާ ހުށަހަޅާފައިވަނީ 4.25 ބިލިއަން ޔޫރޯގެ ބިޑެއް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. 

"އަހަރަމެންގެ ހުށަހެޅުން ވަނީ ރިޖެކްޓުކޮށްފައި" އިނިއޯސްގެ ޑިރެކްޓަރ ޓޮމް ކްރޮޓީއާއި ހަވާލާދީ ބީބީސީގައި ހާމަކޮށްފައިވެއެވެ. 

ޗެލްސީ ގަތުމަށް ބިޑަށް ހުޅުވާލާފައިވަނީ ދާދި ފަހުން އެ ކުލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް އެ ކުލަބު ދޫކޮށްލުމުންނެވެ. އޭނާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވަނީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާތަކެއް ދެމުން ދިޔަ ދަނޑިވަޅެއްގައި، އޭނާ އާއި ރަޝިޔާގެ ރައީސް ޕުޓިން އާއި ސިއްރު ގުޅުންތަކެއް އޮންނަކަން ހާމަވެ އެތައް ބައެއްގެ ފާޑުކިޔުމާއި، ފިއްތުންތައް ކުރިމަތިވި ދަނޑިވަޅެއްގައެވެ. މިތުހުމަތުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން ވަނީ އޭނާ އެ ގައުމުގައި ދިރިއުޅުން މަނާކޮށްފައެވެ.

އޭނާ ޗެލްސީގެ ބެލެނިވެރިކަން އެ ކުލަބުގެ ޗެރިޓަބަލް ފައުންޑޭޝަނާ ހަވާލުކުރި ފަހުން ޗެލްސީ ހިންގަމުން އަންނަނީ ޔޫކޭ ސަރުކާރުން ދީފައިވާ ޚާއްސަ ލައިސަންސެއްގެ ދަށުންނެވެ. އެ ލައިސަންސްގެ މުއްދަތު މި ހިނގާ މެއި މަހުގެ 31 އަށް ހަމަވާނެއެވެ.

- ކޮމެންޓް