Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 08:34
 މުހައްމަދު ނަޝީދު (ކާނަލް)
މުހައްމަދު ނަޝީދު (ކާނަލް)
ޓްވިޓަރ
ރައްޔިތުންެގެ މަޖިލިސް
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
ކާނަލް ނަޝީދަކީ ޑީއަރުޕީގެ ލީޑަރ، މިހާރު ވަނީ ސަރުކަރާއެކު ކޯލިޝަން ހަދާފަ

ތައިލެންޑްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށްޓައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ހ. ފޮއްދޫގެ، މުހައްމަދު ނަޝީދު (ކާނަލް) ގެ ނަން ދިރާސާ ކުރުމަށް ފަހު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ރުހުން ދީފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާފައިވާއިރު، ކާނަލް ނަޝީދުގެ ނަން ދިރާސާކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވާފައި ވަނީ އެ ދުވަހު ބޭއްވި ޖަލްސާގައެވެ.

 

ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދަކީ ދާދިފަހުން މިސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ދާދިފަހުން ޑީއާރުޕީން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދާފަ އެވެ.

 

ކާނަލް ނަޝީދަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޑީއާރުޕީ އުފެއްދުމުގައ އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެ ޕާޓީ ދޫކޮށް ވަޑައިގެންނެވުމުން، ޑިއާރުޕީގެ ލީޑަރޝިޕާއި ކާނަލް ނަޝީދު ހަވާލުވެވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް