Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 06:02
ސ. ގަމުގެ ބޭރުގައި ގާއިމްކޮށްފައިވާ ސަންގިރިއްލާ ރިސޯޓް
ސ. ގަމުގެ ބޭރުގައި ގާއިމްކޮށްފައިވާ ސަންގިރިއްލާ ރިސޯޓް
ރާއްޖެއެމްވީ
ކަނޑުމަތީގެ ހާދިސާ
ތިން މީހުންނާއި އެކު އައްޑޫ ބޭރުން ޑިންގީއެއް ބަންޑުން ޖަހާލާއިފި
ޑިންގީ ބަންޑުންޖަހާލި އިރު ތިބީ ތިން މީހުން

އައްޑޫ ބޭރުން ތިން މީހުން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާއިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުންޖަހާލި އިރު ތިބީ ތިން މީހުންނެވެ. އެހެންނަމެސް ތިން މީހުން ވެސް ވަނީ ސަލާމަތްވެފައެވެ.

 

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ ފުލުހުންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވެފައި ވަނީ ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެވަގުތު ޑިންގީގައި ތިބި 3 މީހުން ސަލާމަތްވެފައިވާ ކަމަށެވެ.

 

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މި ކުޑަ ޑިންގީ ބަންޑުންޖަހާލީ ސ. ގަމާއި ދިމާލަށެވެ. މީގެ ފަސް ދުވަސް ކުރިން އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހައިލި ޑިންގީއަކުން ގެއްލިގެނު ފުލުހުންގެ މީހާ އަދި ވެސް ނުފެނެއެވެ. އެ ޑިންގީގައި ވެސް ތިން މީހުން ތިބި އިރު ދެ މީހުން ވަނީ ސަލާމަތްވެފައެވެ. ނަމަވެސް އެ ޑިންގީ ބަންޑުން ޖަހައިލި ގޮތާއި ފުލުސް މީހާ އަށް ވީގޮތާ މެދު އާއިލާ އިން ވަނީ ސުވާލު އުފައްދާފައެވެ. އަދި ފުލުހުން ވެސް ދަނީ އެ މައްސަލަ ތަހްގީގުކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް