Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 05:24
ހައްޖަށް ދިއުމަށް ބަޔަކު ފުރަނީ (ފައިލް)
ހައްޖަށް ދިއުމަށް ބަޔަކު ފުރަނީ (ފައިލް)
މެގަމޯލްޑިވްސް
ހައްޖު 1438
މަސްލަހަތައް ބަލާ ހައްޖަށް މީހުން ގެންދިއުމަށް 4 ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް

1438 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހަތަރު ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އިއުލާން ކޮށްފިއެވެ. ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ހަތަރު ގުރޫޕަކީ:

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް؛

އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް؛

ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް؛ އަދި

ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ހަތަރު ގުރޫޕް ކަނޑައެޅީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ބެލުމަށްފަހުގައި ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ގުރޫޕްތައް ހޮވުމުގައި ކަރަޕްޝަނަށް މަގުފަހިވާ ކަމަށް ބަލާ އެންޓި ކަރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގާ ގުޅިގެން ގުރޫޕްތައް ހޮވުމަށް އިސްލާމިކް މިނިސްޓްރީން ކުރިން ކުރި އިއުލާން ބާތިލް ކުރުމަށްފަހު، އަލުން އެކަމަށް ހުޅުވާލުމަށްފަހު، ހަތަރު ގުރޫޕް ހޮވި ގޮތާ ބެހޭ ގޮތުން ބުނެފައިވަނީ ޙައްޖަށް މީހުން ގެންދިއުމަށްޓަކައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި، ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ފެންނާތީ އާއި، މިފަދަ ނާޒުކު ޙާލަތެއްގައި ދިވެހި ޙައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ގުރޫޕަކަށް ދިނުމަށް ނިންމީ ކަމަށެވެ.

ހައްޖަށް މީހުން ފޮނުވާނެ ގުރޫޕްތައް ކަނޑައެޅުމުގައި ކަރަޕްޝަންގެ މައްސަލަ މިއަހަރު ދިމާވި އިރު ހުސްވި އަހަރު ކޯޓާގެ މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަން ފާހަގަ ކުރެވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް