ކ. މާލެ
|
2 މެއި 2022 | ހޯމަ 22:58
ލަންކާގައި ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތައް
ލަންކާގައި ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތައް
ރޮއިޓަސް
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަން
ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމާގުޅޭ މަޝްވަރާތައް އަދިވެސް ކުރިޔަށް: ސްރީލަންކާ
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ލަންކާގެ ބޮޑުވަޒީރު ޗައިނާގެ ބޮޑުވަޒީރާ ލޯނުގެ ކަންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވޭ
ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއަތުން ލޯނު ނެގުމާމެދު ސްރީލަންކާގެ މައްސަލައެއްނެތް
ލަންކާގެ މުޅި ޖުމްލަ ދަރަނީގެ 10 އިންސައްތަ ހިއްސާކުރަނީ ޗައިނާގެ ލޯނުތައް

ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމާ ގުޅޭގޮތުން ޗައިނާއާއެކު އަދިވެސް މަޝްވަރާތައް ކުރިޔަށްދާކަމަށް ލަންކާ ކެބިނެޓްގެ ތަރުޖަމާނު އަދި މިނިސްޓަރު ނަލަކަ ގޮޑަހެވާ ވިދާޅުވެއްޖެއެވެ.

ލަންކާއިން ބޭނުންވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރުމަށެވެ. އެއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް)އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް އެކަން ކުރުމަށް ޗައިނާއިން ވަނީ ދެކޮޅު ހަދާފައެވެ. އަނެއްކޮޅުން ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއިން އިތުރު ލޯނެއް ދޫކުރުމަށް އެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އެކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ނަލަކަ ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއަތުން ލޯނު ނެގުމާމެދު ސްރީލަންކާގެ މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް އެކަމުގައި ހުޅަނގުން ބުނާނީ ކީކޭކަން އެނގޭކަމަށް ވިދާޅުވިއެވެ.

އެމީހުން ބުނާނީ ޗައިނާއިން އެކި ނަންނަމުގައި އެކިކަންކަމުގައި ލޯނުނަގަމުން ނުދެވޭނެކަމަށެވެ. ޗައިނާއިން އަދިވެސް ދަރަނި ރީސްޓްރަކްޗަރ ކުރަން ބޭނުންނުވާކަމަށާއި ޗައިނާއިން އެކަން ކޮށްދީފައިވަނީ ވަރަށް ޚާއްސަ ގުޅުން އޮންނަ ބައެއް ގައުމުތަކާއެކު ކަމަށް ނަލަކަ ވިދާޅުވިއެވެ.

މިހާރުވެސް ސްރީލަންކާއިން ދަނީ ޗައިނާއާއެކު މިކަމާގުޅޭގޮތުން ވާހަކަތައް ދައްކަމުންކަމަށާއި، މީގެކުޑަދުވަސްކޮޅެއް ކުރިންވެސް ލަންކާގެ ބޮޑުވަޒީރު ޗައިނާގެ ބޮޑުވަޒީރާ ވާހަކަދައްކަވާފައިވާކަމަށް ނަލަކަ ވިދާޅުވިއެވެ.

ލަންކާގެ މުޅި ޖުމްލަ ދަރަނީގެ 10 އިންސައްތަ ހިއްސާކުރަނީ ޗައިނާގެ ލޯނުތަކެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ސޮވެރިންގ ބޮންޑުތައްކަމަށް ނަލަކަ ވިދާޅުވިއެވެ.

2018 ވަނަ އަހަރުތެރޭގައި ޗައިނާއިން ވަނީ 8 އަހަރުގެ ލޯނެއް ސްރީލަންކާއަށް ދީފައެވެ. އެއީ 3 އަހަރުގެ ގްރޭސް ޕީރިއަޑަށެވެ. މިލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.35 އިންސައްތައެވެ.

- ކޮމެންޓް