ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ އޭނާގެ ކެރިއަރުގައި 500 ވަނަ ލަނޑު ޖެހިއިރު ލައިގެން ހުރި ޖާޒީ ވިއްކާލައިފިއެވެ.
މެސީގެ މި ޖާޒީ ވިއްކާލާފައިވަނީ 450،000 ޑޮލަރަށެވެ. މެސީގެ ކެރިއަރުގައި އޭނާ ޖެހި 500 ވަނަ ލަނޑަކީ ގިނަ ބަޔަކު ފާހަގަކުރާ ލަނޑެކެވެ. އޭނާގެ 500 ވަނަ ލަނޑު ޖަހާފައިވަނީ 2017 ވަނަ އަހަރު ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު އެލްކްލެސިކޯ މެޗެއްގައެވެ.
މި ލަނޑު ގިނަ ބަޔަކަށް ފާހަގަ ކުރެވެނީ މެސީގެ 500 ވަނަ ލަނޑަށް ވުމުގެ އިތުރުން އެލަނޑަކީ އެލްކްލެސިކޯ މެޗުގެ ފަހުވަގުތުގައި މެސީ ސްކޯކޮށް ބާސެލޯނާ މޮޅުކޮށްދިން ލަނޑަށް ވާތީއެވެ. ލަނޑު ޖެހުމަށްފަހު މެސީ ވަނީ އުފާ ފާޅުކުރުމަށް ޖާޒީ ބޭލުމަށްފަހު ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި ދިމާއަށް ދިއްކޮށްފައެވެ.
މި މެޗުގައި މެސީ ކުޅުނު ޖާޒީ ވަނީ އަނިޝްފުޓްބޯލްއިން ހަދާފައިވާ ސޯޝަލް މީޑިއާ އޯކްޝަނެއްގައި ވިއްކާލުމަށް ދާދި ފަހުން ޖަހާފައެވެ. މިއާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ޖާޒީ ގަންނަން ގިނަ ބަޔަކު ޑިމާންޑް ކުރިއެވެ. ވިއްކާލުމަށް ޖެހިތާ މާ ގިނައިރެއް ނުވަނީސް ޖާޒީ ވަނީ 450،000 ޑޮލަރަށް ވިއްކާލާފައެވެ.