ކ. މާލެ
|
2 މެއި 2022 | ހޯމަ 21:28
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން ދިނުން
މިހަފްތާތެރޭގައި ކޮވިޑް ވެކްސިން ސެންޓަރުތަކުން ވެކްސިން ދޭ ގަޑިތަކަށް ބަދަލުތަކެއް
މެއި 3 އަދި 4 ވަނަ ދުވަހު އައިޖީއެމްއެޗުން ވެކްސިން ޖަހަމުންދާނީ ރޭގަނޑު 9ން 11ށް
ހުޅުމާލެ ހޮސްޕިޓަލުން މެއި 5 ވަނަ ދުވަހު ވެކްސިން ދެމުންދާނީ ރޭގަނޑު 9ން 11ށް

މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިން ދެމުންދާ ސެންޓަރުތަކުން މިހަފްތާތެރޭގައި ވެކްސިން ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މެއި 3 އަދި 4 ވަނަ ދުވަހު އައިޖީއެމްއެޗުން ވެކްސިން ޖަހަމުންދާނީ ރޭގަނޑު 9ން 11ށް ކަމަށެވެ. މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލުން މެއި 5 ވަނަ ދުވަހު ވެކްސިން ދެމުންދާނީ ރޭގަނޑު 9ން 11ށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ރޯދަ މަހު ވެކްސިން ޖަހައިދެމުންދިޔައީ ރޭގަނޑުއެވެ. މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހައިދެމުންދަނީ ފަސް ތަނަކުންނެވެ. އެއީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ސެނަހިޔާ އަދި ދަމަނަވެށިންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދިޔުމާއެކު ރާއްޖޭގައި ދެއަހަރު ވަންދެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި ގިނަ ފިޔަވަޅުތަކަކަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. މި ލުއިތައް ދީފައިވަނީ ވެކްސިން ޖެހި މީހުންގެ އަދަދު މަތިވެފައި ވުމާ ގުޅިގެންނެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ޑޯޒް 398،579 މީހުން ވަނީ ޖަހާފައެވެ. ދެ ވަނަ ޑޯޒް 383،925 މީހުން ޖަހާފައިވާއިރު ބޫސްޓަރ ޑޯޒް 158،566 މީހުން ވަނީ ޖަހާފައެވެ.

- ކޮމެންޓް