ކ. މާލެ
|
30 އޭޕްރިލް 2022 | ހޮނިހިރު 07:37
ތުރުކީގެ ރައީސްއާއި ސައޫދީ ރަސްގެފާނު
ތުރުކީގެ ރައީސްއާއި ސައޫދީ ރަސްގެފާނު
އޭއެފްޕީ
ސައޫދީ-ތުރުކީ ގުޅުން
ސައޫދީއާއި ތުރުކީގެ ގުޅުން ރަނގަޅުކުރުމަށް ދެގައުމުގެ ވެރިން ވައުދުވެވަޑައިގެންފި
 
މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ
 
ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލު ޚާޝޮގްޖީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓްގައި މަރާލި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި

ސައޫދީ އަރަބިއްޔާއާއި ތުރުކީގެ ގުޅުން ކުރިން އޮތްގޮތަށް އިއާދަކުރައްވާނެކަމަށް، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއި ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވައުދުވެވަޑައިގެންފިއެވެ.

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލު ޚާޝޮގްޖީ, ތުރުކީގައި ހުންނަ ސައޫދީ ކޮންސިޔުލޭޓްގައި މަރާލި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޚާޝޮގްޖީގެ މަރަށްފަހު އުރުދުޣާން ސައޫދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެގައުމުގެ ވަލީ އަހުމަދު މުހައްމަދު ބިން ސަލްމާންއާ ވަނީ ބައްދަލުކުރައްވާފައެވެ.

ސައޫދީގެ ސްޓޭޓް ނިއުސް އެޖެންސީ (އެސްޕީއޭ)ން އާންމުކޮށްފައިވާ ފޮޓޯތަކުގައި އުރުދުޣާން، މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާ ފޮޓޯތައް ހިމެނެއެވެ. މުހައްމަދު ބިން ސަލްމާނަކީ ޚާޝޮގްޖީ މަރާލުމުގެ އަޑީގައި ހުންނެވި ބޭފުޅާކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަން ސައޫދީން އަންނަނީ ދޮގުކުރަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެސްޕީއޭން ވަނީ ރިޕޯޓްކޮށްފައެވެ.

ތުރުކީގެ ސްޓޭޓް މީޑިޔާއިން އާންމުކޮށްފައިވާ ފޮޓޯތަކުގައި ސައޫދީ ރަސްގެފާނާ އުރުދުޣާން ބައްދަލުކުރައްވާ ފޮޓޯތައް ހިމެނެއެވެ. އުރުދުޣާން ސައޫދީއަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. ވަރުގަދަ ސެކިޔުރިޓީއަކާއެކު އުރުދުޣާން ސައުދީއަށް ވަޑައިގެންނެވީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށެވެ.

ސައޫދީއަށް ފުރާވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ ދެގައުމުގެ ގުޅުން އަލުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޑިފެންސާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް