Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 00:38
ދަނބިދޫ އަށް ވަންނަން އުޅެނިކޮށް ފަރަށް އެރި ބަސްމަލާ ބޯޓް އަޑިއަށް ދަނީ
ދަނބިދޫ އަށް ވަންނަން އުޅެނިކޮށް ފަރަށް އެރި ބަސްމަލާ ބޯޓް އަޑިއަށް ދަނީ
ޓްވިޓަރ
ދަނބިދޫ
ލ ދަނބިދޫ ފަޅަށް ވަންނަން އުޅުނު ބޯޓެއް ފަރަށް އަރައިފި
ބޯޓަށް ދަނީ ދިޔަވަމުން
ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ފަރަށް އެރީ އިރުއޮއްސުނު ވަގުތު

 ދަނބިދޫ ފަޅަށް ވަންނަން އުޅުނު ބޯޓެއް އެރަށު ފަރަށް އަރައިފިއެވެ.

ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

 މިބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. 

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ދަނބިދޫ ބަސްމަލާ ބޯޓް އެރަށަށް ވަންނަން އުޅުމުގެ ތެރޭގައި ރަށު ފަރަށް އެރުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.

ރާއްޖެ އެްމވީއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ ދޯނި ފަރަށް އެރީ މާލއިން މުދާ ބަރުކޮށްގެން އައިސް އެރަށަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ. 

އެގޮތުން އެބޯޓުގައި ގާތްގަނޑަކަށް މިލއަނެއްހާ ރުފިޔާގެ އެކިވައްތަރުގެ މުދާ ހުންނާނެ ކަމަށާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ބޯޓުން ސަލާމަތް ކުރެވެންހުރިހުރިހާ މުދަލެއް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ބޯޓު ފަރަށް އެރީ ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތަށް ކަމަށާއި ބޯޓު ފަރަށް އެރުމުން ފުންކުރުމަށް ފަހަށް ޖެހިވަގުތު ނެގި ރާޅަކާއެކު ބޯޓު އަޑިއަށް ދިޔައީ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ. .

އަހުމަދު ރަޝީދު ވިދާޅުވީ ބޯޓު އަދިވެސް އޮތީ ނެރުމަތީ އަޑިއަށް ގޮސްފައި ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް