ކ. މާލެ
|
29 އޭޕްރިލް 2022 | ހުކުރު 08:08
ޖޯ ބައިޑެން - އެމެރިކާގެ ރައީސް
ޖޯ ބައިޑެން - އެމެރިކާގެ ރައީސް
ރޮއިޓަރސް
އެމެރިކާގެ އެހީ ޔޫކްރެއިނަށް
ޔޫކްރެއިނަށް އެހީވުމަށް 33 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ނިންމަވައިފި
ޒެލެންސްކީ ވަނީ މި އެހީ އަވަސް ކޮށްދެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގެންފައި
އެެމެރިކާގެ އެހީއަށް އެދުމުގެ ބޭނުމަކީ، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ކޮންމެވެސް މިންވަރެއް ފޫބެއްދުން

ޔޫކްރެއިނަށް އެހީވުމަށް 33 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވައިފިއެވެ.

ބައިޑެންގެ މި ނިންމެވުން މިހާރުވަނީ ކޮންގްރެސްއަށް ހުށައަޅުއްވާފައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ މި އެހީ އަވަސް ކޮށްދެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގަންނަވާފައެވެ.

އެމެރިކާއިން ދިނުމަށް ނިންމި 33 ބިލިއަން ޑޮލަރުގެ ތެރެއިން 20 ބިލިއަން ޚަރަދު ކުރާނީ ހަތިޔާރު ހޯދުމަށެވެ. ހަމައެއާއެކު 8.5 ބިލިއަން ޚަރަދު ކުރާނީ ޔޫކްރެއިންގެ އިޤްތިސާދު ހަމައަކަށް އެޅުވުމަށެވެ. މީގެ އިތުރުން 3 ބިލިއަން ޑޮލަރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚަރަދު ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މަޤްސަދަކީ ފިސްކަލް އަހަރު ސެޕްޓެމްބަރުގައި ނިމޭއިރު ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ކޮންމެވެސް މިންވަރެއް ފޫބެއްދުމެވެ.

"މި ބިލްގެ ބޭނުމަކީ ޔޫކްރެއިނުން މިނިވަންކަމަށް އެކުރާ ހަނގުރާމައަށް އެހީތެރިވުން" ކޮންގްރެސްއަށް ހުށައެޅި ރިކުއެސްޓްގައި ސޮއިކުރެއްވުމަށްފަހު ވައިޓް ހައުސްގައި ދެއްވި ސްޓޭޓްމެންޓްގައި ބައިޑެން ވިދާޅުވިއެވެ.

އެމެރިކާއިންވަނީ ނޭޓޯގެ ސިފައިންވެސް ރަޝިޔާއާ ހަނގުރާމަ ކުރުމަށް ފޮނުވުމަށް ނިންމާފައެވެ. އެކަމަކު ވޮޝިންޓަނާއި ޔޫރަޕްގެ ބާރުތަކުންވަނީ ކީވްއަށް ހަތިޔާރު ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ޑްރޯނާއި މިސައިލާއި ބަރު ހަތިޔާރުތައް ހިމެނެއެވެ.

"އަހަރެން ޝުކުރުވެރިވަން އެމެރިކާއަށް، ޚާއްސަކޮށް ރައީސް ބައިޑަންއަށް. އުންމީދަކީ ޔޫކްރެއިނަށް އެހީވުމުގެ ގޮތުން ކޮންގްރެސްއިން އެކަން އަވަހަށް ފާސްކޮށްދިނުން" އެމެރިކާއިން ދިނުމަށް ގަސްދުކުރާ އެހީތެރިކަމާ ބެހޭގޮތުން ޔޫކްރެއިންގެ ރައީސް ޒެެލެންސްކީ ވިދާޅުވިއެވެ.

- ކޮމެންޓް