Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 22:41
އެމްޔޫއޯގެ ޝެޑޯ ކެބިނެޓު މިނިސްޓަރ އާދަމް އާޒިމް
އެމްޔޫއޯގެ ޝެޑޯ ކެބިނެޓު މިނިސްޓަރ އާދަމް އާޒިމް
ޓްވިޓަރ
އާޒިމް ހައްޔަރުކުރުން
އާދަމް އާޒިމްގެ ބަންދަށް 6 ދުވަސް ޖަހައިފި!
އާޒިމް ހައްޔަރުކުރީ، ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި
އާޒިމް އަކީ އެމްޔޫއޯގެ ޝެޑޯ ކެބިނެޓު މިނިސްޓަރެއް
އާޒިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެމްޔޫއޯއިން ބުނޭ

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 11 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ކޮއްކޮ، އަދި އިދިކޮޅު އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އާދަމް އާޒިމް ހައްޔަރުކޮށް ބަންދަށް 6 ދުވަސް ޖަހައިފިއެވެ.

 

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

 

ހައްޔަރު ކުރުމަށްފަހު، އާޒިމް ފުރަތަމަ ގެންދިޔައީ  އަތޮޅުވެހި ޑިޓެންޝަން ސެންޓަރަށެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އާޒިމް ހައްޔަރުކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހައްޔަރުކުރުމާއި ގުޅޭ އެއްވެސް އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް