ކ. މާލެ
|
26 އޭޕްރިލް 2022 | އަންގާރަ 20:19
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާ ޔުނައިޓެޑު ދޫކޮށްލުން
ޔުނައިޓެޑްގެ ވަޓްސްއެޕް ގްރޫޕުން ޕޮގްބާ ނުކުމެއްޖެ!
ޕޮގްބާ ގްރޫޕުން ނުކުމެފައި ވަނީ ޓީމުގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ދިނުމަށްފަހު
ޓީމު ދޫކޮށްލުމުގެ ކުރިން ޕޮގްބާއަށް އިތުރު މެޗެއް ކުޅެވޭނެހެން ހިއެއްނުވޭ

މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންގެ ވަޓްސްއެޕް ގްރޫޕުން އެޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުކުމެއްޖެއެވެ.

ޕޮގްބާ ގްރޫޕުން ނުކުމެފައި ވަނީ ޓީމުގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ދިނުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިންވެސް އޭނާ ޔުނައިޓެޑް ދޫކޮށްލާނެކަމަށް އަޑުފެތުރުނެވެ. ކުޅުންތެރިންގެ ވަޓްސްއެޕް ގްރޫޕް ދޫކޮށްލުމުން މިހާރު މިވަނީ އޭނާ ޓީމު ދޫކޮށްލާނެކަން ވަރަށް ބޮޑަށް ޔަގީންވެފައެވެ.

2016 ވަނަ އަހަރު ޔުނައިޓެޑާއި އަލުން ގުޅުނުފަހުން ޕޮގްބާ ވަނީ ޓީމުގައި ލީޑު ރޯލެއް އަދާކޮށްފައެވެ. ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހަށް ހަމަވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ފްރީ ޓްރާންސްފަރ އެއްގައި އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ޓީމު ދޫކޮށްލުމުގެ ކުރިން ޕޮގްބާއަށް އިތުރު މެޗެއް ކުޅެވޭނެހެން ހީނުވާ ކަމަށެވެ. މިވަގުތު އަނިޔާގައި ހުރި ޕޮގްބާ ރަނގަޅުވުމަށް ހަތަރު ހަފްތާ ނަގާނެކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ރަންގްނިކް ބުންޏެވެ. އެހެންކަމުން ޔުނައިޓެޑުގައި އޭނާގެ ފަހު މެޗަކަށް ވާނީ ޕްރިމިއަރ ލީގުގައި ލިވަޕޫލް އަތުން 4-0 ން ބަލިވި މެޗެވެ.

- ކޮމެންޓް