ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 01:01
ލަނޑުޖެހުމަށްފަހު އީގަލްސް ކުޅުންތެރިން
ލަނޑުޖެހުމަށްފަހު އީގަލްސް ކުޅުންތެރިން
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
އީގަލްސްއިން ފަރަގު ކުޑަކޮށްފި
ލީގުގެ ކުޅުން ދެން އޮންނާނީ މެއި 5 ވަނަ ދުވަހު

ދިވެހި ޕްރިމިއަރ ލީގުގައި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ބަލިކޮށް, އީގަލްސްއިން ތާވަލްގެ އެއްވަނާގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ. އީގަލްސްއިން ފަރަގު ކުޑަކުރީ 2-1 ން ސަސް ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާއެކު 25 ޕޮއިންޓް ހަމަކޮށްގެންނެވެ. 10 މެޗުން މާޒިޔާ އެއްވަނާގައި އޮތީ 27 ޕޮއިންޓާއެކުއެވެ.

މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ހަސަންއެވެ. ޒައިން ޒަފަރު އަރިމަތިން ޖައްސާލި ބޯޅަ އޭރިޔާތެރޭ ހުރެ އަހުމަދު ހަސަން ތަތްކޮށްލީ ގޯލްގެ އިރުމަތީ ފަރާތު މަތީ ކަނުގައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ނަސޫހު ލަނޑު ޖަހާ ސަސްއަށް އުއްމީދު ހޯދައިދިނެވެ. އެކަމަކު ދެވަނަ ހާފްގައިވެސް ފެނުނީ އީގަލްސްގެ އެޓޭކްތަކެވެ. އިމްރާން ނަޝީދު އީގަލްސްއަށް ކުރި ހޯދައިދިނީ ދެފަހަރު މަތިން އީގަލްސް ކުޅުންތެރިން ފޮނުވާލި ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި ގޯލް އޭރިޔާ ރޮނގުމައްޗަށް ވެއްޓުމުން އެއްފަހަރު ޖަހައެވެ. އޭގެފަހުން ނެގި ކޯނަރެއް އިމްރާން ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އަހުމަދު ހަސަން ފޮނުވާލި ބާރު ބޯޅައެއްވެސް ގޯލް އަރިމަތިން ބޭރަށް ދިޔައެވެ.

ދިހަ މެޗު ނިމުނުއިރު ސަސް އޮތީ 11 ޕޮއިންޓާއެކުއެވެ. ސަސްގެ އިތުރުން ޓީސީއާއި ގްރީން ސްޓްރީޓްސްވެސް އޮތީ 11 ޕޮއިންޓާއެކުއެވެ. ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.

- ކޮމެންޓް