ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 23:42
އެމެނުއެލް މެކްރޮން - ފްރާންސްގެ ރައީސް
އެމެނުއެލް މެކްރޮން - ފްރާންސްގެ ރައީސް
ރޮއިޓަރސް
ފްރާންސްގެ ރިޔާސީ އިންތިޚާބު
ފްރާންސްގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް މެކްރޯން އިންތިޚާބުވެވަޑައިގެންފި
މިއީ 2002ވަނަ އަހަރަށްފަހު ޕްރާންސްގެ ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރު
މެކްރޯން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ 58.2 އިންސައްތަ ވޯޓާއެކު
މެކްރޯންއާ ވާދަކުރެއްވި މަރީން ލެ ޕެންއަށް ލިބިވަޑައިގަތީ 41.8 އިންސައްތަ

ފްރާންސްގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އެމެނުއެލް މެކްރޯން އިންތިޚާބުވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އާންމު ކުރި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި, މެކްރޯން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ 58.2 އިންސައްތަ ވޯޓާއެކުގައެވެ. މެކްރޯންއާ ވާދަކުރެއްވި މަރީން ލެ ޕެންއަށް ލިބިވަޑައިގަތީ 41.8 އިންސައްތަ ވޯޓެވެ.

މި ނަތީޖާއާއެކު މެކްރޯންގެ ސަޕޯޓަރުން ދަނީ މަގުމަތީގައި އުފާ ފާޅުކުރަމުންނެވެ. 2002ވަނަ އަހަރަށްފަހު ފްރާންސްގެ ރައީސްކަަމުގައި އެއްވެސް ބޭފުޅަކަށް ދެ ދައުރު ކާމިޔާބު ނުކުރެއްވެއެވެ. އެހެންކަމުން މިއީ 2002ވަނަ އަހަރަށްފަހު ޕްރާންސްގެ ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ފަސް އަހަރު ކުރިންވެސް މެކްރޯން އިންތިޚާބުން ކުރި ހޯއްދެވީ ލެ ޕެންއާ ވާދަ ކުރައްވައިގެންނެވެ. މެކްރޯން އަކީ ޕްރާންސްގެ ރައީސް ކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ރަސްމީ ނަތީޖާ އަދި ހާމަކޮށްފައި ނުވި ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކާއި, ނަގާފައިވާ ޕޯލް ތަކުން ދައްކާ ގޮތުގައި މެކްރޯންވަނީ ވަރަށް ސާފު އަގުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

- ކޮމެންޓް