ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 23:13
އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
ޔޫއެން ފޮޓޯ
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ
ރަޝިޔާގެ ރައީސްއާއި އދގެ ސެކެރެޓަރީ ޖެނެރަލް ބައްދަލުކުރެއްވުމަށް ނިންމަވައިފި
ރަޝިޔާ އަދި ޔޫކްރެއިންގެ ރައީސުންނާ ބައްދަލު ކުރެއްވުމަށް ގުޓަރެސް އެދިވަޑައިގެންފައިވޭ
ހަނގުރާމަ ފެށުނުފަހުން ގުޓަރެސްގެ ފޯން ކޯލަށް ރަޝިޔާގެ ރައީސް ޕުޓިން ޖަވާބު ނުދެއްވާ
ގުޓަރެސް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވާނީ އެޕްރީލް މަހުގެ 26ވަނަ ދުވަހު

ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބައްދަލު ކުރެވުންމަށް ނިންމަވައިފިއެވެ.

މި ބައްދަލުވުން އޮންނާނީ އަންނަ ހަފްތާގައި ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ. ހަނގުރާމަ ހިނގަމުން އަންނަތާ މިހާރު މިވަނީ 58 ދުވަސް ވެފައެވެ.

ގުޓަރެސް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވާނީ އެޕްރީލް މަހުގެ 26ވަނަ ދުވަހު ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ. ގުޓަރެސްގެ މިދަތުރުފުޅުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސަަރގެއި ލަވްރޯވް އާއި ވެސް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނެއެވެ.

"ގުޓަރެސްއަށް މަރުހަބާ ވިދާޅުވާނީ ރަޝިޔާގެ ރައީސް" ޕެސްކޯވް ވިދާޅުވިއެވެ.

އިތުރު ތަފްސީލް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އދގެ ތަރުޖަމާން ބުދަ ދުވަހު ވިދާޅުވެފައިވަނީ ރަޝިޔާ އަދި ޔޫކްރެއިންގެ ރައީސުންނާ ބައްދަލު ކުރެއްވުމަށް ގުޓަރެސް އެދިވަޑައިގެންފައިވާ ކަމަށެވެ.

މި ބައްދަލް ކުރެއްވުން ތަކުގައި ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދެވުމަށް މަޝްވަރާ ކުރައްވާނެއެވެ. ހަނގުރާމަ ފެށުނުފަހުން ގުޓަރެސްގެ ފޯން ކޯލަށް ރަޝިޔާގެ ރައީސް ޕުޓިން ޖަވާބު ނުދެއްވާ ކަމަށާއި، ހަނގުރާމަ ފެށުނު ފަހުން އެއްވެސް މަޝްވަރާއެއް މިހާތަނަށް ނުހިނގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް