ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 08:00
ޕާކްސް އެލްވިސް ފެސްޓިވަލްގެ ތައްޔާރީތައް
ޕާކްސް އެލްވިސް ފެސްޓިވަލްގެ ތައްޔާރީތައް
ރޮއިޓަރސް
ޕާކްސް އެލްވިސް ފެސްޓިވަލް
ޕާކްސް އެލްވިސް ފެސްޓިވަލާއެކު ފޭނުން އުފަލުން ފޮޅިފައި
 
ފެސްޓިވަލްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 25،000 މީހުން ބައިވެރިވޭ
 
ފެސްޓިވަލް ބާއްވާތާ މިހާރު މިވަނީ 29 އަހަރު ވެފައި
 
ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އެލްވިސް މަރުވީ 1977ވަނަ އަަހަރު

އޮސްޓްރޭލިއާގެ ޕާރކްސް ޓައުންގެ މަގުމަތި ފުރާލާފައިވަނީ ރޮކް އެންޑް ރޯލްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުކަން ހޯދި "އެލްވިސް ޕްރެސްލީ" ގެ ފޭނުންނާއެކުގައެވެ. އެލްވިސްގެ ހެއަރ ސްޓައިލާއި، އޭނާ ހެދުން އަޅާގޮތަށް ހެދުން އަޅާފައިވާ މީހުން ގެންދަނީ އޭރުގެ މަޝްހޫރު ލަވަތަކާއެކު މަގުމަތީގައި އުފާ ފާޅުކުރަމުންނެވެ.

ޕާކްސް އެލްވިސް ފެސްޓިވަލަކީ އެލްވިސް ޕްރެސްލީއަށް އޭނާގެ ފޭނުންގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ ޓްރިބިއުޓެކެވެ. ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އެލްވިސް މަރުވީ 1977 ވަނަ އަަހަރުއެވެ.

"ޕާކްސްއަށް އާދެވޭ ކޮންމެ ފަހަރަކީ ވަރަށް އުފާވާ ފަހަރެއް. މި ފެސްޓިވަލަކީ މުޅި އަވަށުން ބައިވެރިވާ ފެސްޓިވަލެއް" އެލްވިސް ޓްރިބިއުޓް އާޓިސްޓް، ކިންސްލީ ރޮކް ބުންޏެވެ.

ޕާކްސް އެލްވިސް ފެސްޓިވަލް މި އަހަރު މި ބާއްވަނީ ކޮވިޑާ ހެދި ދެ އަހަރުގެ މެދު ކެނޑުމަކަށްފަހުގައެވެ.

ފެސްޓިވަލް ބާއްވާތާ މިހާރު މިވަނީ 29 އަހަރު ވެފައެވެ.

އެލްވިސްގެ އުފަންދުވަހާ ދިމާވާ ގޮތަށް ޖެނުއަރީ މަހު ބާއްވާ މި ފެސްޓިވަލް މި އަހަރު އެޕްރީލް މަހަށް ފަސްވީ ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

"ލަވަ ކިޔާ ކޮންމެ ފަހަރަކު އެލްވިސްގެ އަސްލު ފޭނުން އޭގައި ބައިވެރިވެ އުފާ ފާޅުކުރާތަން ފެނުން އެއީ މިކަމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން" އެލްވިސް ޓްރިބިއުޓް އާޓިސްޓް، ކިންސްލީ ރޮކް ބުންޏެވެ.

މިއީ ޕާކްސްގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލެވެ. މި ފެސްޓިވަލްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 25،000 މީހުން ބައިވެރިވެއެވެ. ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެސްޓިވަލް ބޭއްވޭތީ ވިޔަފާރިވެރިންނާއި ފަތުރުވެރިން ތިބީ އުފަލުންނެވެ.

ފިހާރައެއް ހިންގަމުން އަންނަ ޑޭވް ޗެމްބާރސް ބުނީ "ކޮވިޑާއި އެކި ސަބަބުތަކާ ހުރެ މި ފެސްޓިވަލް ނުބާއްވާތާ މިވީ ދެ އަހަރު. އެ ހުރިހާ ކަމަކަށްފަހު އިގްތިސާދު ކުރިއެރުވުމަށް އަވަށަށް ބޫސްޓެއް މި ލިބުނީ. މަޑުމަޑުން ހަމައަކަށް އެޅެމުންދާތަން މި ފެންނަނީ. ފެސްޓިވަލް މިއީ ހުރިހާ ކަމެއް ހަމަމަގަށް އެޅުވުމަށް ރަނގަޅު ފެށުމެއް"

އާނ! އަސްލުވެސް ރަނގަޅު. މި ފެސްޓިވަލް ވަރަށް މިސްވި. ހަމައެކަނި ވިޔަފާރީގެ ގޮތުންނެއް ނޫން، މި ހުރިހާ މަޖަލާ މުނިފޫހިފިލުވުން މިސްވީ. މިދިޔަ 10، 12 ވަރަކަށް އަހަރު އެމީހުން އައިސް މިދިޔަ 2 އަހަރު އެ މީހުން ނައިމަ ވަރަށް ހަނދާންވި." ފިހާރައެއް ހިންގަމުން އަންނަ ކްރިސްޓީ ބެރީ ބުންޏެވެ.

ފެސްޓިވަލް ނުބޭއްވި މިދިޔަ ދެ އަހަރު އެލްވިސްގެ ލަވަތަކަށް ލޯބި ކުރާ ފޭނުން ތިބީ އަލުން ފެސްޓިވަލް ބޭއްވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެލްވިސް ޓްރިބިއުޓް އާޓިސްޓުންވެސް ތިބީ އަލުން ޕާކްސް އަށް ދެވުމުން އެކަމާ އުފަލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް