ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 07:35
އަފްޣާނިސްތާނުގައި ޓިކްޓޮކް މަނާކުރީ ބުރާސްފަތި ދުވަހު
އަފްޣާނިސްތާނުގައި ޓިކްޓޮކް މަނާކުރީ ބުރާސްފަތި ދުވަހު
އޭއެފްޕީ
އަފްޣާނިސްތާނުގައި ޓިކްޓޮކް މަނާކުރުން
ޒުވާން ޖީލު ހަލާކުކުރާ ކަމަށް ބުނެ އަފްޣާނިސްތާނުގައި "ޓިކްޓޮކް" މަނާކޮށްފި
ޓިކްޓޮކްގެ އިތުރުން އޮންލައިން ވީޑިއޯ ގޭމް "ޕަބްޖީ" ވެސް އެޤައުމުގައި މިހާރު ވަނީ މަނާކޮށްފައި
ރިޕޯޓުތައް ބުނާގޮތުން އަފްޣާނިސްތާނުގައި 2022ވަނަ އަހަރު އިންޓަރނެޓް ބޭނުން ކުރަނީ އާބާދީގެ 22.9 އިންސައްތަ މީހުން
އަފްޣާނިސްތާނުގެ ޒުވާނުންގެ މެދުގައި މި އެޕްލިކޭޝަންތަކަކީ މަޤްބޫލް އެޕްލިކޭޝަންތަކެއް

ޒުވާން ޖީލު ހަލާކުކުރާ ކަމަށް ބުނެ އަފްޣާނިސްތާނުގައި "ޓިކްޓޮކް" މަނާކޮށްފިއެވެ.

ޓިކްޓޮކްގެ އިތުރުން އޮންލައިން ވީޑިއޯ ގޭމް "ޕަބްޖީ" ވެސް އެ ޤައުމުގައި މިހާރު ވަނީ މަނާކޮށްފައެވެ. މިކަން ޓެލިކޮމިއުނިކޭޝަން މިނިސްޓްރީއަށް އަންގައި ނެރުނު ބަޔާނެއްގައި އަފްޣާނިސްތާނުގެ ވަޒީރުންގެ މަޖިލީހުން ބުނީ، މި އެޕްލިކޭޝަންތަކުގެ ސަބަބުން ޒުވާން ޖީލު މަގު އޮޅި ހަލާކުވަމުންދާ ކަމަށެވެ.

އަފްޣާނިސްތާނުގައި މި އެޕްލިކޭޝަންތައް މަނާކުރި ބުރާސްފަތި ދުވަހުއެވެ.

މުނިފޫހިފިލުވުމުގެ މަދު ފުރުސަތުތަކެއް އޮތް އަފްޣާނިސްތާނުގެ ޒުވާނުންގެ މެދުގައި މި އެޕްލިކޭޝަންތަކަކީ މަޤުބޫލު އެޕްލިކޭޝަންތަކެކެވެ. ފާއިތުވި އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވި ފަހުން ވަނީ މިއުޒިކާއި، ފިލްމާއި، ޓީވީ ޗެނަލްތައް މަނާކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އަފްޣާނިސްތާނުގައި 2022ވަނަ އަހަރު އިންޓަރނެޓް ބޭނުން ކުރަނީ އާބާދީގެ 22.9 އިންސައްތަ މީހުންނެވެ.

- ކޮމެންޓް