Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 17:49
ލަންކާއިން ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުން
ލަންކާއިން ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުން
ޓްވިޓަރ
ރައީސް ނަޝީދު
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
ދަތުރުގެ ތަފްޞީލް އަދި ހާމަކޮށްފައެއް ނުވޭ
އެމްޑީޕީގެ ކޮންގްރެސްގެ އިންތިޒާމްތަކާއި ގުޅޭ ބައްދަލުވުންތައް ބާއްވަވާނެ ކަމަށް ބެލެވޭ
ޤަތަރާއި ގުޅުން ކަނޑާލި މައްސަލައިގައި ޑިޕްލޮމޭޓުންނާއި ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރަށް ޖަލަށް ޙުކުމް ކޮށްފައި ވަނިކޮށް، މިހާރު އިނގެރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ސްރީލަންކާއިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، އެމްޑިޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙުމަދު ނަޞީމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އުމަރު އަބްދުލްރައްޒާޤެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ތަފްޞީލް އެމްޑީޕީން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާނީ މި އަހަރު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ކޮންގްރެސްގެ އިންތިޒާމުތަކަށެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ އެކިއެކި ޑިޕްލޮމޭޓުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ މިއާއެކު ދިވެހި ސަރުކާރުން ޤަތަރާއި ގުޅުން ކަނޑާލުމާއި ގުޅިގެންވެސް ރައީށް ނަޝީދުގެ މި ދަތުރުފުޅުގައި އެކި ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު ލަންކާއަށް މި ވަޑައިގަތީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ އެކު އިސްވެ ހުންނަވައި ޖަރުމަނަށް ދަތުރެއް ކުރެއްވުމަށްފަހުއެވެ. އެ ދަތުރުފުޅުގައި ޖަރުމަނުގެ އެކި އޮފިޝަލުންނާއި، އެ ޤައުމުގައި ތިއްބަވާ ބައިނަލްއަޤުވާމީ އެކިއެކި މަންދުބުންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް